ފްރަންޓްލައިންގައި މަސައްކަތްކުރާ ބޭފުޅަކު މީހެއްގެ ޓެމްޕްރޭޗަރ ޗެކް ކުރަނީ
ފްރަންޓްލައިންގައި މަސައްކަތްކުރާ ބޭފުޅަކު މީހެއްގެ ޓެމްޕްރޭޗަރ ޗެކް ކުރަނީ
ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ 137 މީހަކު ހިމެނޭ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ 137 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ، ފުލުހުންނާއި ސިފައިންގެ ތެރެއިން ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ވަކިވަކިން ހާމަ ނުކުރުމަށް ނިންމުމާއި ގުޅިގެން، ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ހާމަކުރަން ނިންމާފައިވަނީ ސިފައިންނާއި ފުލުހުން އަދި ސިއްހީ މަސައްކަތްތެރިންނާއި ޔުނިފޯމް އެޅި އެހެނިހެން މުއައްސަސާތަކުގައި ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ވެސް ހިމަނައިގެންނެވެ.

އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން އެއްފަހަރާ ފައްސިވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ފުރަތަމަ ސަފުގައި މަސައްކަތް ކުރާ 47 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

އަދި މިދިޔަ އެޕްރިލް މަހުގެ 29 ވަނަ ދުވަހު 22 މީހުން ފައްސިވި އިރު މި މަހުގެ 10 ވަނަ ދުވަހު 15 މީހަކު ވަނީ ފައްސިވެފައެވެ.

މިހާތަނަށް އައި އިރު ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުން ދިރިއުޅޭ އެއްވެސް ތަނެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވައިގެން ބަންދުކޮށްފައި ނުވާނެ ކަމަށް ވެސް އެންއީއޯސީއިން ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން 982 މީހަކަށް ބަލި ޖެހިފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 46 މީހުންނެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


8

ސުހެއިލް

15-May-2020

ސަރުކާރުން މިހާރު ކޮވިޑް ކުރައިސިސް ކުރިޔައް ގެންދަވާ ގޮތާމެދު ހިއް ހަމަ ޖެހޭ. އަދި ވެސް އިތުރައް ތަރަގަޅު ކުރަން ކަންކަން ވެސް ނެތޭކޭނޫން


10

ޔާސީނު

15-May-2020

ވަގުތު ލިބި ތަށްޔާރު ނުވެވި ހުރިކަން މީގެން ވެސް މި އެގެނީ.



ޓްރެންޑިން