ރާއްޖެއިން އިތުރު 14 މީހުން މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.
އެންއީއޯސީ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިއަދު އިތުރު 14 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ މީހުންނާއެކު މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 982 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި 555 ސާމްޕަލް ވަނީ ނަގާފައެވެ.
ރާއްޖެއިން ކަރަންޓީން ފެސިލިޓީ ތަކުން މިއަދު 65 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި ކަރަންޓީނުގައި ތިބި 61 މީހަކު ދޫކޮށްލުމަށްޓަކާ އެމީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.
ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގ ގައި އޮތް ކ ތުލުސްދޫ އާއި، ށ މިލަންދޫ މޮނިޓަރިން ގެ ހާލަތުން މިއަދު ވަނީ ނަގާފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ ރާއްޖޭގައި ހީކުރިވަރުގެ ސަރޖެއް އަދި ނާންނަކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ކޭސްތައް އިތުރުވެދާނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފައިވަނީ ސިފައިންގޭގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެންމެފަހުން ރޭ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ ޢުމުރުން 88 އަހަރުގެ ދިވެއްސެކެވެ.

ކިޔުންތެރިންގެ ހިޔާލު