ކޯވިޑް-19 ގެ ކަންކަމުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށާއި އަދި އެނޫންވެސް ފަރާތްތައް ހިމެނޭ ގޮތުން މިރޭ ވަރަށް ފުޅާދާއިރާއެއްގައި ސައިބަރ އެޓޭކެއް ދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިރޭކުރި ޓުވީޓެއްގައި ވަނީ، ޑޮކްޓަރުންނަށާއި އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޓްސްއަޕް އެކައުންޓްތަކަށް އެބޭފުޅުންގެ ކޮންޓެކްޓުގައިވާ އެކައުންޓުތައް މެދުވެރިކޮށް ކޯޑް މެސެޖެއްގެ ލިންކް ފޮނުވަމުންދާ ކަމަށެވެ. އެއީ ކޮންޓެކްޓްގައި ވާ ނަމްބަރަކުން ލިބުނު މެސެޖަކަށް ވިޔަސް އެގޮތަށް ލިބޭ ލިންކުތަކަށް ނުވެއްނެވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ދަންނަ މީހުންގެ ނަމުގައި މި ފޮނުވާ ކޯޑުތަކަކީވެސް ޑުޕްލިކޭޓްކޮށްފައި ހުންނަ ޕްރޮފައިލްތަކުން ފޮނުވާ ސައިބާ އެޓޭކުތަކެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެއްވެސް ފަރާތެއްގެ ފޯނަށް ޝައްކުވާ ޒާތުގެ ލިންކެއް މެސެޖެއްކޮށްފައިވާނަމަ އެ ލިންކު ނުހުޅުވައި އަދި ދަންނަ ކޮންޓެކްޓެއްގެ ފަރާތުން ވެސް އަންނަ އެފަދަ މެސެޖެއްގައި އޮންނަ ކޯޑު އެއްވެސް މީހަކަށް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު