ތޮއްޑޫގައި ބަނޑަށް ދަރިފުޅު މަރުވި މާބަނޑު މީހާ މާލެ އައުމަށް އެންއީއޯސީން ދޭންޖެހޭ ހުއްދަ 15 މިނެޓް ތެރޭގައި ދީފައިވާކަމަށް އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
“ތޮއްޑޫގެ ކޭސް އެއީ އިތުރަށް ބަލަމުންދާ ކޭސްއެއް. ކިހިނެއްތޯ ކަންތައް ދިމާވީ. އެހެންނަމަވެސް އެކޭސްގައި އެންއީއޯސީގެ ފަރާތުން ކުރަން ޖެހުނު މަސައްކަތް، މިސާލަކަށް ހުއްދަ ދިނުމުގެ މަސައްކަތް، ގާތްގަނޑަކަށް އެހުއްދަ ދެވުނު ރިކުއެސްޓް އައިތާ 15 ވަރަކަށް މިނެއްޓުގެ ތެރޭގައި." މަބްރޫކް ވިދާޅުވިއެވެ.
މި މައްސަލަ މީސްމީޑީއާގައި މީހުންގެ ސަމާލުކަމަށް ގެނައި މީހަކު ބުނެފައިވަނީ، އިއްޔެ ތޮއްޑޫ ސިއްހީމަރުކަޒަށް ގެނެވުނު މާބަނޑު އަންހެނެއްގެ ބަނޑަށް 8 މަހުގެ ދަރިފުޅު މަރުވެފައިވަނީ ފަރުވާނުދެވި، އަދި ލޮކްޑައުންގެ ސަބަބުން އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލަކަށް ނުގެންދެވުމުގެ ސަބަބުން ކަމަށެވެ.
“މާބަނޑު މީހަކަށް ހިދުމަތް ނުލިބި، ރަސްދޫ ހޮސްޕިޓަލަށް ގެންދަން ހުއްދަ ނުލިބި، މާލެއަށް ގެންދަން ހުއްދަ ނުލިބި ބަނޑުގައި އޮތް ދަރިފުޅު ބަނޑަށް ވަނީ މަރުވެފައި.” ކަންބޮޑުވުން ފާޅުކޮށް އެމީހާ ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މާބަނޑު މީހާ ތޮއްޑޫ ޞިއްޙީމަރުކަޒަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އެމީހާ ވިއްސޭނެ ގޮތެއްވެސް ނެތް އެ ޞިއްހީމަރުކަޒުން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުއްދަ ނުލިބި ބަނޑުގައި އޮތް ކުއްޖާ މަރުވެފައިވަނީ މިއަދުއެވެ.
މީސްމީޑިއާގައި މި މައްސަލަ ފެންމަތިކުރުމުން އެ ޕޯސްޓަށް ތޮއްޑޫ ދާއިރާގެ މަޖިލީސް މެންބަރު ހަސަން ޝިޔާންވެސް ވަނީ ކޮމެންޓް ކުރައްވާފައެވެ.
“އަޅުގަނޑަށް ތިކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، ސީދާ ނައިބު ރައީސްގެ ބެލުމުގެ ދަށުން އެ ގެންދަވަނީ ތަޙްޤީޤު ކުރަމުން. އަދި ތިކަހަލަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނެ." ޝިޔާންގެ ކޮމެންޓްގައި ލިޔުއްވާފައިވެއެވެ.
ކޯވިޑް-19 ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާއިރު، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވެނީ ހުއްދަ ހޯދައިގެންނެވެ.
ޒަމާނުއްސުރެ ރާއްޖޭގެ އަތޮޅުތަކުގައި އޮންނަނީ އެރަށަކުން ނުލިބޭ ސިއްހީ ޚިދުމަތްތައް ހޯދަން ޚިދުމަތް ލިބޭ ކައިރީގައި އޮންނަ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާ ތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ސަގާފަތެކެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ބައެއް ރަށްރަށުގެ ކައުންސިލްތަކުން މާ ބޮޑަށް ހަރުކަށިވެ އަމިއްލަ ވެރިކަމެއް ގާއިމުކޮށްގެން އުޅޭ ގޮތަށް ސިފަވާ ގޮތަށް ކަންކަން ކުރަމުން ގެންދާތީ ކިތަންމެ ބޮޑު ޒަރޫރީ ކަމެއްގައި ވެސް އެއްރަށުން އަނެއް ރަށަށް އަރާ ފޭބުމަކީ މިހާރު ވަރަށް ދަތި އުނދަގޫ ކަމެކެވެ. މިފަދަ ވަރަށް ގިނަ މައްސަލަތައް މީސް މީޑިއާގައި ތިލަކުރަމުން ދިޔަ ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ނުކުރާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު