ގޭބިސީތަކަށް ބާޒާރު ކުރުން ނުކުމެ އުޅުމަށް ދޭ ހުއްދަ މިއަދުން ފެށިގެން އިތުރަށް ހަރުކަށިކޮށް ބާޒާރުކުރަން ނުކުތުމުގެ ހުއްދަ ހަފުތާއަކު އެއްފަހަރު ދޭގޮތަށް ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ މިހާރު ގޭބިސީތަކަށް ބާޒާރު ކުރަން ނުކުތުމަށް ދީފައިވާ ހުއްދަތަކަށް މިއަދުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. "މިގޮތުން ކުރިއަށް އޮތް ތަނުގައި ބާޒާރަށް ދެވޭނީ ހަފުތާއަކު އެއްފަހަރު" ކަމަށް ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
މިހާރު ބާޒާރަށް ނުކުތުމަށް ކޭބިސީތަކަށް ދެވިފައިވާ ހުއްދައިގެ ދަށުން މިއަދުން ފެށިގެން ބާޒާރަށް ނުކުމެވޭނެ ގަޑިތައް މެސެޖަކުން އަލުން އަންގާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. ބާޒާރުކުރަން ނުކުމެވޭ އުސޫލަށް ބަދަލު ގެނައި ނަމަވެސް އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންގެ ހާލަތަށް ގެނައުމާއެކު މީހުން މަގުމައްޗަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މިކަމާ ގުޅިގެން އާންމުން ޒަރޫރީ ބޭނުންތަކުގައި ވަކި ވަގުތުތަކެއްގައި ނުކުމެވޭ ގޮތަށް ފުލުހުން ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް މިއަދުން ފެށިގެން މިހުއްދަ ކޮންމެ ގޭބިސީއަކަށް ހަފުތާއަކު އެއްފަހަރު ދޭގޮތަށް ބަދަލުކުރީ ކުރިއަށް އޮތްތާގައި ބަލި ފެތުރޭ މިންވަރު އިތުރުވާނެ ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން އާންމުން ޒަރޫރީ ބޭނުންތަކުގައި ނުކުތުމުގެ ހުއްދަ ދިނުން އިތުރަށް ހަރުކަށިކޮށްފައިވީ ނަމަވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒު ނިމިގެން ދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ނިންމާފައި ނުވާކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެސިޓީގެ ލޮކްޑައުން ހާލަތު އިތުރު 14 ދުވަހަށް ދަންމާލުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. މިހާރު އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ 14 ދުވަސް ހަމަވާނީ މިހިނގާ މެއި މަހުގެ 28 ގައެވެ. ސިއްހީ މާހިރުން ވިދާޅުވެފައިވަނީ ރާއްޖޭގައި ބަލިފެތުރުން އެންމެ ނުރައްކާ ހާލަތަށް ދާނީ މިހިނގާ މެއިމަހުގެ 30 އާއި 31 ގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު