މިއަދު ފަރަށް އެރި ދޯނި- ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވާ ވިޑިއޯއަކުން ނަގާފައިވާ މަންޒަރެއް
މިއަދު ފަރަށް އެރި ދޯނި- ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވާ ވިޑިއޯއަކުން ނަގާފައިވާ މަންޒަރެއް
އިންޖީނު ހުއްޓިގެން މާލޭގެ ވެސްޓްޕާކާއި ދިމާ ތޮށިގަނޑަށް މިއަދު އެރި ދޯންޏަކުން ކަނޑަށް އެޅުނު ގިނަ އަދަދެއްގެ ދޮންކެއު ވިޔަފާރި ބަނދަރު ސަރައްދަށް ލައްގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ ބަނދަރަށް އެރި މިދޯންޏަކީ މާލެ އަތޮޅު ކާށިދޫން ފުރައިގެން މާލެއަށް ދަތުރު ކުރި ދޯންޏެއް ކަމަށެވެ. މިންވަރު ނަމަކަށް ކިޔާ މިދޯނި މާލޭގެ ތޮށިގަނޑަށް އެރީ އިންޖީން ހުއްޓިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް ކޯސްޓްގާރޑަށް މިމައުލޫމާތު ލިބުނޫ މިއަދު މެންދުރު 13:00 ހާއިރުކަމަށް އެފަރާތުން ބުނެފައި ވެއެވެ. އަދި މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެދޯންޏަށް އެހީތެރިވަމުންދާ ކަމުގައި އެފަރާތުން ބުނެފައި ވެއެވެ. މި ދޯނިން ދަތުރުކޮށްފައި ވަނީ 4 މީހުންނެވެ.



މި ދޯނިން ކަނޑަށް ބޭރުވި ގިނަ އަދަދެއްގެ ދޮންކެއު އެމްޕީއެލް ސަރަހައްދަށް ވަނީ ލައްގާފައެވެ. އަދި އެ ދޮންކެޔޮތައް ނެގުމަށް ބަޔަކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ވިޑިއޯއެއް ޓްވީޓަރގައި ވެސް ވަނީ ދައުރުވެފައެވެ.

މިހާދިސާގައި އެ ދޯންޏަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް އަދި ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން