އާދަމް ޝަރީފު އުމަރު
އާދަމް ޝަރީފު އުމަރު
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަހުގީގު ނުހިންގަނީ އެޚިޔާނާތުގައި މިސަރުކާރުގެ ގިނަ ވެރިން ބައިވެރިވާތީ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމުގައި އެޚިޔާނާތުގެ އަމަލުތައް ހިނގި އިރު ސަރުކާރުގެ ދިފާޢީ ވަޒީރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ނުހިންގަނީ މިސަރުކާރުގެ ގިނަ ވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ޚިޔާނާތުގައި ބައިވެރިވެފައި ވާތީކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުންދާ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަހުގީގު ފެށްޓެވީ ރައީސް ޔާމިން. ނުހައްގުން ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި ހުރީ އެމްޑީޕީގެ އެކްޓިވިސްޓުން ރުއްސަން." އިދިކޮޅު ޕާލިމެނޓްރީ ގްރޫޕްގެ ލީޑަރގެ މަގާމުވެސް ފުރުއްވާ އާދަމް ޝަރީފު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ އެމްއެމްޕީއާރްސީގެ ތަހުގީގު ވަރުގަދަ ކުރަން އިތުރު ވަސީލަތްތައް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިސަނަރ މުހަންމަދު ހަމީދު އިއްޔެ ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވާ އެ ޚަބަރު ޓެގް ކުރައްވާފައެވެ.

ސީޕީ ހަމީދު މިގޮތަށް ވިދާޅުވީ އެމްމެމްޕީއާރުސީގެ ކޮރަޕްޝަން ތަހުޤީޤު ކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން ސްޕަވައިޒަރީ ގްރޫޕާއެކު ބޭއްވި ވާޗުއަލް ބައްދަލުވުމަށްފަހުގައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ބުނެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކާއި މިހާރު ސަރުކާރުގެ މަގާމުތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނޭ ކަމަށް އެފަދަ ފަރާތްތަކުން އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ހައްދު

16-May-2020

އަސްލަކީ ތީ އެވެސް ހަމަ ގުަޅިގެން ކުރި ބޮޑު ވައްކަން ވިއްޔާ


-2

ހުސްނި

15-May-2020

ސަރިފު ތިޔަ ބުނީ ރަނގަޅަށް ނުވެސް ކެރޭނެ ތަހުގީގެއް ހިންގަކަށް



ޓްރެންޑިން