ނ. މަނަދޫ
ނ. މަނަދޫ
ނ. މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހާ އާއި ކޮންޓެކްޓް ވުމުން އެކަހެރި ކުރި މީހުންގެ ތެރެއިން 9 މީހުން ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރޭގައި ސިއްޙީ އޮފިޝަލުންވެސް ހިމެނެއެވެ.

މަނަދޫން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓް ވެގެން 31 މީހަކު އައިސޮލޭޓް ކުރެވުނެވެ. އަދި 14 ދުވަސް ހަމަކޮށް އައިސޮލޭޝަނުން ވީއްލުމުގެ ކުރިން ހެދި ޓެސްޓުން އޭގެ ތެރެއިން 9 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މަނަދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސިއްހީ އޮފިޝަލުންވެސް ހިމެނެއެވެ.

މަނަދޫން މާލެ ގެނައި އަންހެން މީހާ ޕޮޒިޓިވް ވީ މެއި 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ނެގެޓިވް ވެ ދެވަނައަށް ހެދި ޓެސްޓުން ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިން މަޢުލޫމާތު ލިބިފައިވަނީ، އެ އަންހެންމީހާ ރަށުގެ ހޮސްޕިޓަލަށް ދެއްކީ ބަލިވެގެން ކަމަށާ، ރަށުގެ ހޮސްޕިޓަލުގައި އޮތް އިރު އާއިލާގެ މީހުންނާއި އަދި ގާތް މީހުން އޭނާ އަށް ގޮވާލަން ގޮސް ހަދާފައި ވާކަމަށެވެ. އަދި އޭނާގެ އާއިލާގެ ބައެއް މީހުން މާލޭގެ ބާޒާރުމަތީގައި މަސައްކަތް ކުރާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޯވިޑް-19 ފެތުރެން ފެށިފަހުން މާލޭގެ ބާޒާރުމަތީ ކްލަސްޓާއަކީ އެންމެ ބޮޑަށް އެންމެ ފުޅާކޮށް ފެތުރިގެން ގޮސްފައި އޮތް ކްލަސްޓާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން