ކ. ހިންމަފުށި
ކ. ހިންމަފުށި
ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުން 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރަސްމީ އިދާރާއަކުން މިކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ކޯވިޑް-19 ޖެހިފައިވޭތޯ ބަލަން ބައެއް މީހުންގެ ސާމްޕަލް ނަގާފައިވާ ކ. ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ދެންމެ ގެނެސް ފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީން އެ ރަށު ކައުންސިލަށް ވަނީ އަންގާފައެވެ.

ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދާ މީހުންގެ ތެރެއިން 10 މީހެއްގެ ރެންޑަމް ސާމްޕަލް މީގެ ތިން ދުވަސް ކުރިން ވަނީ ނަގައިފަ އެވެ. އޭގެ ނަތީޖާ އަދި ރަސްމީކޮށް އެ ރަށު ކައުންސިލަށް އަންގާފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރެންޑަމް ސާމްޕަލްތަކުގެ އިތުރުން، އެ ރަށުގެ ތެރެއިން އެއްވެސް މީހެއްގެ ސާމްޕަލް މިހާތަނަށް ނަގައިފައެއް ނުވެއެވެ.

ކ. އަތޮޅު ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެ އަތޮޅު ތުލުސްދޫން 6 ބިދޭސީން ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މޮނީޓަރީންގެ ހާލަތަށް ގެނައުމުން އެ ރަށަކަށް އަރައިފޭބުމާއި، ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުކުތުން ވެސް އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން