އަހުމަދު ޔާމިން   15 މޭ 2020 - 23:4
މޫސުން ގޯސްވުމުގެ ސަބަބުން މެދުރާއްޖެތެރެއަށް މިހާރުވަނީ އޮރެންޖް އެލާރޓް ނެރެފައި (ރަސް ފޮޓޯ- ޔާމިން)
މޫސުން ގޯސްވުމުގެ ސަބަބުން މެދުރާއްޖެތެރެއަށް މިހާރުވަނީ އޮރެންޖް އެލާރޓް ނެރެފައި (ރަސް ފޮޓޯ- ޔާމިން)
މެދު ރާއްޖެ ތެރެއަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އޮރެންޖް އެލާޓް ނެރެފި އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އޮރެންޖް އެލާޓަކީ މޫސުމީ ދަރަޖަ ކުރުމުގައި 3 ވަނަ ދަރަޖައެވެ. އެ ދަރަޖައިގެ މައްޗަށް ދެން އޮންނާނީ ރެޑް އެލާޓެވެ. މިއީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އޮރެންޖް އެލަރޓް ނެރުނު ފުރަތަމަ ފަހަރެވެ.



މެޓް އޮފީހުން ނެރުނު އެލާޓްގައިވާ ގޮތުން، މިއަދު ހަވީރުން ފެށިގެން ރޭގަނޑު ހަތަކާ އާ ހަމައަށް ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

އަދި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުން މުހިންމެވެ.

ރޭ ފަތިހު ކުރި ވިއްސާރާގައި މާލޭގައި ވެސް ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެ ގެދޮރަށް ފެންވަނުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ތިމަންނަ

16-May-2020

މާތް ﷲ , މި ގަދަ ކޮޅިގަޑާއެކު " ކޮރޯނާ" މިރާއްޖެއިން ބޭރުކޮށް ދެއްވާދޭވެ އާމިން



ޓްރެންޑިން