ހިންދީ ފިލްމު "ލާލް ސިންގ ޗައްޑާ" ގެ ޕޯސްޓަރެއް.
ހިންދީ ފިލްމު "ލާލް ސިންގ ޗައްޑާ" ގެ ޕޯސްޓަރެއް.
ހިންދީ ފިލްމު "ލާލް ސިންގ ޗައްޑާ" ރިލީޒް ކުރުން ފަސްކޮށްފިއެވެ.

އިނގިރޭސި ފިލްމު ފޮރެސްޓް ގަމްޕް އަސްލަކަށް ބަލައިގެން އުފައްދާ ލާލް ސިންގ ޗައްޑާ ރިލީޒް ކުރުން ފަސްކޮށްފައިވަނީ ކޮވިޑާ ގުޅިގެން ފިލްމު އުފެއްދުމަށް ކުރިމަތިވި ލަސްތަކާއި ގުޅިގެންނެވެ.

މިގޮތުން މިފިލްމު ރިލީޒް ކުރުމަށް ކުރިން ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރ މަހުއެވެ. ނަމަވެސް މިހާރު މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއައީ މަހުއެވެ.

އާމިރް ޚާން އަދި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސް ކުރާ ހިންދީ ފިލްމު ލާލް ސިންގ ޗައްޑާގައި ލީޑް ރޯލުން ފެނިގެންދާނީ ކަރީނާ ކަޕޫރާއި އާމިރް ޚާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން