ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކޯވިޑް-19 ގެ މި ޙާލަތުގައި ޕެންޝަން ފަންޑުން އޭގެ ޙައްޤުވެރިންނަށް ބޭނުންކުރެވެން ވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ޝަރީޢަތުގެ އެންމެ މަތީ މަޤްސަދުތަކުގެ އަލީގައި ދަންނަވަނީނަމަ، މިހާރު މިއޮތް ޙާލަތުގައި ޕެންޝަން ފަންޑުން ވަކި އުސޫލެއްގެ ދަށުން ފައިސާ ނެގޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ.

އަދި މި ޙާލަތުގައި އެއީ، ޙައްޖަށް ދިއުމަށް އެ ފަންޑުން ޚަރަދު ކުރުމަށްވުރެ، މާ އަޢުލާކަން ބޮޑު ކަމެއް ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

އަދި "އިންސާނާގެ ފުރާނައާއި، ޟަރޫރީ ކަންކަން އެހެން ކަންކަމުގެ މައްޗަށް އިސްވެގެންވެއެވެ." ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވެއެވެ.

ޕެންޝަން ފަންޑުން އޭގެ ޙައްޤުވެރިންނަށް ފައިސާ ލިބޭގޮތް ހެދުމަށް ޕީއެންސީގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވިއެވެ. ނަމަވެސް ދެފަހަރު ހުށައެޅުމުންވެސް މަޖިލީހަށް އެބިލު ބަލައިގެންފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގައި ފައިސާ އެބަހުރިކަމަށާއި، މި ދަނޑިވަޅުގައި ޕެންޝަން ފަންޑުގައި އަތްލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ާިަަަްއަލ

19-May-2020

މަވެސް ބޭނުން މަގެ ލާރިކޮޅު


6

ައާދަން

17-May-2020

މިހާލަތުގައި އަތްލާންޖެހޭނީ ބޮނަކުއާ ފެން ކޭހެއްގަ


-9

ފަތުހީ ދެކުނު

17-May-2020

އަސްލު މައިތިރިވެގެން ތިބެބަލަ ސަރުކާރުން އިނާޔަތާ އެއްޗެހި އެދެނީނުންތަ?


-11

ޖިބު

16-May-2020

ޕެންސަން ލާރި އަކީއެމީހަކު މަރުވީމަ ދޭއެއްޗެއްތަ


7

މަސީހް

16-May-2020

މަވެސް ބޭނުން މަގެ ލާރިކޮޅު އަދި ވެސް މިމަހުވެސް ކުލި ނުދެއްކިގެން މިއުޅެނީ


5

ޔަތީމް

16-May-2020

އަނގަޔާ އަތާ ދިމާނުވެގެން މިއުޅެނީ މިހާރުން މިހާރަށް އެފައިސާއިން ބައެއް ވިޔަސް މަ ބޭނުން


2

ޔަތީމް

16-May-2020

އަނގަޔާ އަތާ ދިމާނުވެގެން މިއުޅެނީ މިހާރުން މިހާރަށް އެފައިސާއިން ބައެއް ވިޔަސް މަ ބޭނުން


4

ސަރުމީލާ

16-May-2020

ޝަހީމު ބުންޏަސް ތިޔައީ ޕެންޝަނުގެ އަހުލުވެރިންގެ ވަރަށް ބޮޑު އެދުމެއް


6

ސަނާ

16-May-2020

ކީއްވެ ދެން ނުދޭން ސަރުކާރުން މިހިފަނީ ކިތައްމެ މޮޅުވާހަކަ އެއް ދެއްކިޔަސް ސަރުކާރަކަށް ހުރިހާކަމެއް ކޮށްނުދެވޭނެ


-11

ހަސަނު

16-May-2020

ރަނގަޅަށް ތިޔަބުނީ މަ ވެސް ބޭނުން ފައިސާކޮޅު މިއުޅނީރޯދަ ވީއްލާނެ ގޮތެއްވެސް ނެތިގެން



ޓްރެންޑިން