ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައިއިރި މަގުމަތީގައި އުޅެމުންދިޔަ ބަޔަކަށް ފުލުހުން ކާބޯތަކެތި ފޯރުކޮށްދެނީ
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައިއިރި މަގުމަތީގައި އުޅެމުންދިޔަ ބަޔަކަށް ފުލުހުން ކާބޯތަކެތި ފޯރުކޮށްދެނީ
މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތުގެ ފައިސާ ދޫކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށާއި މިދިޔަ އަހަރުގެ ހާލަތާއި މިއަހަރުގެ ހާލަތުވެސް ތަފާތު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ފިތުރު ޒަކާތުގެ ފައިސާ މިއަހަރު ދޫކުރާނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށާއި އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، ދީނީ ކަންކަން ކުރަން ޖެހޭނީ ޙާލަތަށް ރިޢާޔަތްކޮށްގެން ކަމަށެވެ.

"މިދިޔަ އަހަރުގެ ޙާލަތު މިއަހަރުގެ ހާލަތާ ތަފާތު. މިހާރު އެތައް ބައެއްގެ ވަޒީފާ ގެއްލި މީހުން ޙާލުގައި ޖެހިފައިވާއިރު، މިދިޔަ އަހަރުގެ ލިސްޓަށް ޢަމަލު ކުރުމަކީ ޝަރުޢީ ނަޒަރުން ބަލާއިރުވެސް ހަމަޖެހޭ ކަމެއް ނޫން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކޯވިޑް-19 ގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ މިދިޔަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓްގައި ތިބި މީހުންނަށް ފައިސާ ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދަވާ ކަމަށެވެ. އަދި މިހާލަތުގައި އެމީހުންގެ އެކައުންޓަށް ޢީދު ނަމާދުގެ ކުރިން ފައިސާ ޖަމާ ކުރާގޮތަށް ހަމަޖައްސާނެ ކަމަށް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށް މިއަހަރުގެ ފިޠުރު ޒަކާތް ބެހުމަށް ނިިންމާފައިވަނީ ކޯވިޑް-19ގެ މިހާލަތުގައި ފަގީރުންގެ ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ތިބި 1717 މީހަކާއި އަތޮޅުތަކުގައި ތިބި 7047 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު


5

ސަ,މާ

16-May-2020

ގޯސް ގޮތެއް ނުން ޝަހީމް އަކީ ހިތުންއެއްމެ ކަންކަންއެނގޭ މީހަ ބޯހަލާކު


6

ސަ,މާ

16-May-2020

ގޯސް ގޮތެއް ނުން ޝަހީމް އަކީ ހިތުންއެއްމެ ކަންކަންއެނގޭ މީހަ ބޯހަލާކު


15

އީސާ

16-May-2020

އްލުން ލިސްޓުބހަދައިގެން ކަންކަން ކުރާނެ މާހައުލެއް ނެތް މިނިސްޓްރީގެ ނިންމެވުން ހަމަ ރަނގަޅު


-10

މޮހޮދޭ

16-May-2020

ހުރިހާކަމަކަށް އަނގަ ނުބާނަބަލަ ވެރިކަމަށް ތައްޔާރުވާން އަދި އަވަސް ކެތްކޮއްލާ



ޓްރެންޑިން