ކޯވިޑް-19 ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން ކަމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މުނާސަަބާގައި ފޮނުއްވި މެސެޖެއްގައި މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19 ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން ކަމަށާއި، އާއިލާތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ޢާއިލާގެ ކޮންމެ މެންބަރެއްގެ ވެސް މުހިއްމު ދައުރެއް އޮތްކަން އެ ބަލިން އެނގިއްޖެ ކަމުގައެވެ.
އަދި އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ކޮންމެ މެންބަރެއްގެ ވެސް މުހިއްމު ދައުރެއް އޮތްކަން ވެސް އެއީ މިހާލަތުން ދަސްވި ފިލާވަޅެއް ކަމަށް މިނިސްޓަރ އައިޝާ ވިދާޅުވި އެވެ.
"މި މުހިއްމު ފިލާވަޅާއެކު މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ މި ކުރިމަތިވި ހާލަތާއެކު، ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެ ގޮތުގައި ދެމެހެއްޓުން." މިނިސްޓަރ ވިދާޅުވި އެވެ.
ކޯވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ކުރުމަށާއި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އިސްސަފުގައި މަސައްކަތް ކުރާ މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެ މީހުންގެ އާއިލާތަކުން ދޭ އެއްބާރުލުން ކަމަށް ވިދާޅުވެ، މިނިސްޓަރ ވަނީ އެ އާއިލާތަކަށް މިއަދު ޝުކުރު އަދާކުރައްވައިފައެވެ.
ގައުމުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި، އެ އާއިލާތަކުން ވަމުން އަންނަ ގުރުބާނީގެ ނަތީޖާއަކަށް ވާނީ މި އުނދަގޫ ހާލަތުން އަރައިގަނެވި، އާއިލާތަކަށް އަލުން އުފާވެރިކަމާ އެކު، އުޅެވޭނެ ދުވަސްތަކެއް ފެނުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އެހެން ކަމުން މި ހާލަތާ ގުޅިގެން އާއިލާ އާއި ދުރުގައި ތިބި ފަރާތްތަކަށް، އެ ފަރާތްތަކުގެ އާއިލާ އިން ލިބެމުން އަންނަ އެއްބާރުލުމަށް އެ އާއިލާތަކަށް ސެލިއުޓްކުރާ ހާލު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން." މިނިސްޓަރ އައިޝާ ވިދާޅުވި އެވެ.
ކޯވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި އިސްސަފުގައި މަސައްކަތް ކުރާ ބައެއް މީހުންނަށް، އާއިލާއާ ބައްދަލު ނުކުރެވޭތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށާއި އާއިލާ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ދިރިއުޅޭ ތަންތަނަށް ކޮންމެ ދުވަހަކު އެނބުރި ދާން ޖެހޭ މީހުން ވެސް އެބަތިބިކަން މިނިސްޓަރ ޢާއިޝާ ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު