ރާއްޖޭގެ ރަށްވެހިކަން ބޭރުމީހުންނަށް ދޭން މަސައްކަތް ކުރަން ފަށައިފިނަމަ ރައީސް ނަޝީދުގެ ވެރިކަން ނިމުނު ގޮތަށް މި ވެރިކަންވެސް ނިމިދާނެ ކަމުގެ އިންޒާރު ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ދެއްވައިފިއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އުމަރު ނަސީރު ވިދާޅުވީ، އެހެން އެއްވެސް ޤައުމަކަށް ދެއްވާފައި ނެތް ތިން ނިޢުމަތެއް މާތްﷲ ދިވެހިންނަށް ދެއްވާފައިވާ ކަމަށެވެ.
އެއީ، އެއް ދީނަކަށް ތަބާވުމާއި، އެއް ބަހަކުން ވާހަކަ ދެއްކުމާއި، އެއްނަސްލަކަށް ނިސްބަތްވުން ކަން ޢުމަރު ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ ތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތުމުގެ މައިގަނޑު އަސްލަކީ މި ޚާއްޞަ ތިން ސިފައިގެ ނަސީބު ދިވެހިންނަށް ލިބިފައިވުން ކަމަށް ޢުމަރު ވިދާޅުވިއެވެ.
"މިތަނުން އެއްވެސް ކަމަކަށް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް. މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ވެސް މިތަނުން ރުކުނެއް ބަދަލު ކުރަން މަސައްކަތް ކުރުމުން. އަދިވެސް އެ މަގުން ހިނގައިފިނަމަ ވެރިކަމެއްގެ ނިމުން ހިތިކޮށް އަންނާނެ." ޢުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑެތި މުއްސަނދިންނަށް ކޮންމެވެސް ގޮތަކުން ރާއްޖޭގައި ތިބެވޭނެ ގޮތް ނުވަތަ ރެސިޑެންޓްސްގެ ގޮތުގައި ރާއްޖޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމަކީ މިހާރު ވިސްނާލުން ރަނގަޅު ކަމެއް ކަމަށް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އެ ފަރާތްތަކަށް އެފުރުސަތު ދީފިނަމަ، އެ އެމީހުންގެ ފަރާތުން ދިވެހި ރާއްޖެއަށާއި ރައްޔިތުންނަށް ވެސް ފައިދާ ތަކެއް ކުރާނެ ކަމަށް ޤަބޫލު ކުރަށްވާކަމަށާއި، ނަމަވެސް އެއީ އޭނާގެ އަމިއްލަ ވިސްނުމެއް ކަމަށެވެ. މިއީ ސަރުކާރުން ނުވަތަ މަގާމުގެ ހައިސިއްޔަތުން ވިދާޅުވާ ވާހަކައެއް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވެފައި ވެއެވެ.
އަސްލަމް ވިދާޅުވީ، އޭނާ ދައްކަވަނީ، ރާއްޖޭގެ ސިޓިޒަންޝިޕް ދޭ ވާހަކަ ނޫންކަމަށާއި އިންވެސްޓަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމަށްޓަކައި އެ ފަރާތްތަކަކީ ރާއްޖޭގެ ރެސިޑެންޓުންގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ ވާހަކަ ކަމަށެވެ.
ސިޓިޒެންޝިޕް ގާނޫނު ބުނާގޮތުން، ރާއްޖޭގެ ރަށްވެހިކަން ދެވޭނެ ޝަރުތުތަކަކީ އުމުރުން 21 އަހަރު ވެފައިވާ މުސްލިމަކު ކަމުގައި ވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމެވެ. އޭގެ އިތުރުން، މެދުކެނޑުމެއް ނެތި 12 އަހަރު ވަންދެން ރާއްޖޭގައި އުޅެފައި ވުމާއި މި މުއްދަތުގައި ރާއްޖެ އިން ބޭރަށް ދިޔަ ނަމަވެސް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅެފައި ނުވުމަކީ ވެސް ޝަރުތެކެވެ. ރާއްޖޭގައި އެ މީހަކު އުޅުނު މުއްދަތުގެ ޖުމްލަ 10 އަހަރަށް ވުރެ ގިނަވާން ޖެހޭނެ އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ބަހުން ވާހަކަ ދައްކަން އެނގުމާއި ރާއްޖޭގެ އަސާސީ ތައުލީމުގެ މުގައްރަރާ އެއްވަރަށް ލިޔަންކިޔަން ދަތުމާއި ސިޔާސީ ކުށެއް، ހައްދެއް ކަނޑައަޅާފައިވާ މީހަކަށް ނުވުމަކީ ވެސް ރަށްވެހިކަން ދިނުމުގައި ބަލާ ކަންކަމެވެ. ނަމަވެސް، އެ ގާނޫނުގެ ދަށުން ރަށްވެހިކަން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް، ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަ ބައެއް މީހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު