މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ދޫކުރަމުން އަންނަ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
މާލެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެނި، މާލެ ތެރޭގައި ބަލި ފެތުރެމުން އަންނާތީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ލޮކްޑައުން ކޮށްފައި އޮންނަތާ މިއަދަށް މަހެއް ވަނީ ވެފައެވެ. އަދި މި މުއްދަތުގައި ޒަރޫރީ ތަކެތި ވިއްކެނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ފުލުހުން މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން މިމަހުގެ 28ގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި މުދާ ކްލިއަކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކަނޑައަޅާ ބަޔަކަށް ހުއްދަ ދޫކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.
މާލެ ސަރަހައްދަށް މިފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހަށެވެ.
ކުރިއަށް އޮތް ދެ ހަފުތާގައި ރާއްޖޭގައި ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާތީ ފުލުހުން ވެސް ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން މީގެ ކުރިން ބާޒާރުކުރުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކޮންމެ ގޭބިސީއަކުން މީހަކު ބާޒާރަށް ދިއުމަށް ފުލުހުން ދެމުން އަންނަ ހުއްދަތަކަށް ބަދަލު ގެނެސް، ހަފްތާއަކު އެއް ދުވަހު ބާޒާރަށް ދެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އޭގެ އިތުރުން ރެއިން ފެށިގެން ކޮންމެ ދުވަހަކު، ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބުރިޖުން އާންމުންނަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ވަނީ ބަންދުކޮށްފައެވެ. އެ ފިޔަވަޅު އަޅާފައިވަނީ ދެ ހަފުތާގެ މުއްދަތަށެވެ.

ކިޔުންތެރިންގެ ހިޔާލު