ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
ކޯވިޑް-19 އާ ގުޅިގެން ދައުލަތުން ހަރަދުކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ކޮންމެ ތިން މަހަކުން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

އީވާގެ މި ހުށަހެޅުއްވުމަކީ ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ތަޢާރަފް ކުރި ރިލީފް ޕްރޮގްރާމްތަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ހުށަހެޅުއްވި އިސްލާހެކެވެ.

އިވާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ހާދިސާއެއް ހިނގާ ދުވަސްވަރެއްގައި ހާއްސަ އަހައްމިޔަތުކަމެއް ދީގެން ވަގުތުން އޮޑިޓް ކުރުމަކީ ބައިނަލްއަގުވާމީ އޮޑިޓް ނިޒާމުގައި ބާރުއަޅާ ކަމެއް ކަމަށެވެ. ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމެއް ކަމަށް ވެސް އީވާގެ ހުށަހެޅުއްވުމުގައިވެއެވެ.

އެހެން ކަމުން ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކޮންމެ ކުއާޓަރ އެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ ފައިނޭންޝަލް އޮޑިޓެއްކޮށް ކޮންމެ ކުއާޓަރ އެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި އެމައްސަކަތް ނިންމަން އޮޑިޓާ ޖެނެރަލަށް އަންގަން އީވާ ހުށަހަޅުއްވާފައިވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިިޔަވަޅުތަކާ އެކު އިގުތިސޯދީ ގޮތުން ކުރިމަތިވި ބޮޑެތި މައްސަލަތަކާ ގުޅިގެން ސަރުކާރުން ތައާރަފް ކުރި ރިލީފް ޕްރޮގްރާމްތަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން، މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ދާއިމީ ހުރިހާ ކޮމިޓީތަކަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން 8 ކޮމިޓީގެ ރިޕޯޓްތައް މަޖިލީހުން މިހާރު ވަނީ ފާސް ވެސް ކޮށްފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އާޒިމްގެ ހުށައެޅުއްވުމާއި ގުޅިގެން ކޮމިޓީތަކަށް ފޮނުވި މައްސަލަތައް ނިންމާ ރިޕޯޓްތައް ލިބިވަޑައިގެންފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ހަސީން

16-May-2020

މޮޅު އާޓް ދައްކަނީ ސަރުކާރުގަ ތިބެ ސަރުކާރު ވައްޓަން އުޅޭ ބައިގަނޑު


9

ފަތުހީ ދެކުނު

16-May-2020

އަނގަ އަރުވަން ލަދުކޮބާ ރާބޯ މީހުން އުޅޭނީ އަމިއްލަ ގޭގަ ވެރިކަން އޮތަސް ހިތް ނުފުރިގެން އިބޫ އަށް މިހާރު ޖެއްސުން އެކުރަނީ



ޓްރެންޑިން