މިރޭ މެރިން ފުުހުން އެހީތެރިވި ދޯނި
މިރޭ މެރިން ފުުހުން އެހީތެރިވި ދޯނި
މޫސުން ގޯސްވެ ހާލުގައި ޖެހުނު މަސްދޯންޏަކަށް މެރިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މޫސުން ގޯސްވެ ސިނަމާލޭ ބްރިޖް ސަރަޙައްދުން ހާލުގައި ޖެހުނު މަސް އޮޑިޔަކަށް މެރިން ފުލުހުން އެހީތެރިކަން ފޯރުކޮށްދީ އެ ދޯނީގައި ދަތުރުކުރި މީހުންނާއި އެ ދޯނި ސަލާމަތް ކޮށްދީފައިވާ ކަމަށެވެ. އަދި މިދުވަސްވަރު ކަނޑު ދަތުރު ނުކުރުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު އޮރެންޖް އެލަރޓް ވެސް ނެރުނެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ލަފާކޮށްފަ އެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކޮޅިގަނޑުތަކުގައި ކަނޑުތައްވެސް ގަދަވާނެކަމަށެވެ.

ރޭ ފަތިހު ކުރި ވިއްސާރާގައި މާލޭގައި ވެސް ގަސްތައް ވެއްޓި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެ ގެދޮރަށް ފެންވަނުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން