މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އަވަށްޓެރި އެހެން ގައުމުތަކަށް ދެ ޕަސެންޓްގެ އިންޓުރެސްޓްގައި ދޭ ލޯނު ރާއްޖެއަށް ދެނީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ކަމަށް މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 ގައި ހާލަތުގައި މިހާރު ލިބިފައިވާ ބޭރުގެ ހިލޭ އެހީއިން ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށާއި އެހީ ހޯދަން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ. ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީރާއްޖޭގެ އިގްތިސާދު ދަށްވެ، އާމްދަނީ ލިބުން ދަތިވުމާއެކު ބަޖެޓުގައި ހިމެނޭ ހަރަދުތަކަށް ފައިސާ ހޯދުމަށް ވެސް މި ދުވަސްވަރު ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

ޕީއެންސީގެ ނާއިބުރައީސް މުހަންމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާ ނިންމުންތަކަށް ތާއީދުކުރާ ތަޖުރިބާކާރުން ތިބިކަން ޔަގީންވާ ކަމަށެވެ. ނަމަވެސް އޭއައިއައިބީން ކައިރި ގައުމުތަކަށް އެތައް މިލިއަން ޑޮލަރަކުން ނަގާ ލޯނު އެންމެ ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ދޭ އިރު ރާއްޖެ އަށް ލޯނު ލިބެނީ ހަ ޕަސެންޓުގައި، ހަ މަހުގެ މެޗުއަރިޓީ ޕީރިއެޑާ އެކު ކަމަށް ސައީދުގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއައިއައިބީން ފަސް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް މަސައްކަތް ސަރުކާރުން ވަނީ ނިއްމާފައެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން 50 މިލިއަން ޑޮލަރާއި ވޯލްޑް ބޭންކުން 30 މިލިއަން ޑޮލަރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 28 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ން 27 މިލިއަން ޑޮލަރު، އެޗްއެސްބީސީން 25 މިލިއަން ޑޮލަރު، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ވެސް 25 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭސްމިނިސްޓްރީން ހާމަކުރެއެވެ. ޢަދި ބޭރުގެ މާލީ 10 އިދާރާއަކުން 233 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ބޭރުން ލޯނު ނެގުމުން އެކަމާއި އެންމެ ބޮޑަށް ފާޑުކީ މިހާރު ސަރުކާރުގައި އޮތް އޭރުގެ އިދިކޮޅު ފަރާތްތަކުން ކަން ފާހަގަކުރެވެއެވެ. މިސަރުކާރުން ބޮޑެތި ލޯނުތަށް ނަގައި ރައްޔިތުން ދަރަނިވެރިކުރުވަމުންދާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ގައުމަށް ލިބެމުން އައި އާމްދަނީ މުޅިން ހުއްޓި ރައްޔިތުންގެ އާމްދަނީ ވެސް ހުއްޓި ގިނަ ބަޔަކު ހާލުގައި ޖެހެމުންދާއިރު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ނުދެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތި ކަމުގެ ސަބަބުން ޒަރޫރީ މުހުތާދުތައް ވެސް ނުފުއްދޭ ވަރަށް ހާލަތު ދަށްވެފައިވާތީ ރައްޔިތުންގެ ޕެންޝަން ފަންޑުގައި ހުރި ފައިސާގެ ތެރެއިން ބައެއް ނެގޭ ގޮތަށް ހަމަޖެއްސުމަށް މާވަށު ދާއިރާގެ މެންބަރު މަޖިލީހަށް ވަނީ ބިލެއް ހުށައަޅުއްވާފައެވެ. ނަމަވެސް މަޖިލީހުން މި ބިލު ބޭރުކޮށްލުމަށްފަހު މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ހިނގާ ސަރުކާރެއްގައި ޕެންޝަން ފަނޑުގައި އަތް ނުލާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުގައި އަތް ނުލިޔަސް ސަރުކާރުގައި ފައިސާ އެބަހުރި ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން