ޑައިލިސިސް ހެދުމަށް އައިޖީއެމްއެޗަށް ދިޔަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދެ ބައި އުމުރުގެ އެމީހާ ކޯވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ ޑައިލަސިސް ހެދުމަށް އައިޖީއެމްއެޗަށް ދިޔަ ފަހުން އޭނާގެ ހާލު ގޯސްވުމުންނެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
މީގެ ކުރިން ވެސް އައިޖީއެމްއެޗަށް ގެންދިޔަ ބައެއް ބަލިމީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މާބަނޑު މީހެއްގެ އިތުރުން ނ. މަނަދޫ އިން ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެނައި އުމުރުން ދުވަސްވީ މީހެއް ވެސް ހިމެނެ އެވެ.
މަނަދޫ އުމުރުން ދުވަސްވީ މީހާ ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ގެއަށް ވެސް ދޫކޮށްލި ފަހުންނެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވި މާބަނޑު މީހާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ ވިހައިފައެވެ.
ކޯވިޑް-19ގައި ފުރަތަމަ މަރުވި ބަނގްލަދޭޝްމީހާ އެ ބަޔަށް ޕޮޒިޓިވްވެފައިވާ ކަން ވެސް ކަށަވަރުވެފައި ވަނީ އައިޖީއެމްއެޗަށް ގެންދިޔަ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު