ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި ރިލީފް ޕެކޭޖްގައި ކުރި ވިޔަފާރިތަކަށް ދޫކުރުމަށް ނިންމި 18000 ރުފިޔާގެ ލޯން 30000 ރުފިޔާ އަށް ބޮޑު ކުރުމަށް ނިންމާފައިވާކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، މީގެ ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޫކުރުމަށް ނިންމި 18000 ރުފިޔާގެ ލޯން 30000 ރުފިޔާ އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ އެކަމުގެ ސަބަބުން އެ ވިޔަފާރިތަކަށް ކުރިއަށްވުރެ ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހައެއް އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ގިނަވެގެން ތިން އަހަރުދުވަހުގެ މުއްދަތުން އަދާކުރާގޮތަށެވެ. މިލޯނުގެ ޝަރުޠު ތަކުގެތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ ދިހަ މިލިއަން ރުފިޔާއަށްވުރެ ދަށްވުމާއި ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން އަދި ލޯނުއެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގައި ޝާމިލުވާ އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވުން ހިމެނެއެވެ.
ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖްތަކުގެ ތެރެއިން އެސްޑީއެފްސީން 380 ފަރާތަކަށް 72 މިލިޔަންރުފިޔާ ދޫކުރުމަށް އެބޭންކުން ނިންމާފައިވާކަމަށާއި، މިހާތަނަށް 76 ފަރާތަކަށް 6.2 މިލިޔަން ރުފިޔާގެ ލޯން ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން 111 ފަރާތަކަށް ލޯންދިނުމަށް އެބޭންކުން ނިންމާފައިވާކަމަށާއި، 83 ފަރާތަކަށް 109.6 މިލިޔަން ރުފިޔާގެ ލޯން ދޫކޮށްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު