ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ ގިނަ މުވައްޒަފުންގެ ވަޒީފާތައް ގެއްލުނު
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ ގިނަ މުވައްޒަފުންގެ ވަޒީފާތައް ގެއްލުނު
މުވައްޒަފުންގެ މުސާރަ ކުޑަކޮށް ނޯޕޭ ލީވް ދީފައިވާ ފަރާތްތަކަށް ސަރުކާރުގެ ރިކަވަރީ ޕެކޭޖްގެ ލޯނު ދޫނުކުރަން ނިންމާފައިވާ ނިއްމުން ބަދަލުކޮށް ޝަރުތުތަކަކާ އެކު ލޯނަށް އެދެވޭ ގޮތް ހަމަޖައްސައިފައިވާ ކަމަށް ފިނޭސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މުވައްޒަފުން ކަނޑާފައިވާ ކުންފުނިތަކާއި ނޯޕޭ ލީވް ނަގަން މަޖުބޫރު ކުރުވާފައިވާ ތަންތަނަށް ލޯނު ނުދޭން ކުރިން ނިއްމާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިބަދަލާއެކު އެފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ހަމައެކަނި ޝަރުތަކީ މުވައްޒަފުން ވަކި ކޮށްފައިވާ ފަރާތްތަކާއި ނޯޕޭ ލީވް އަށް ފޮނުވުމަށް ނިއްމާފައިވާ ނިއްމުން އަނބުރާ ގެނެސް މުވައްޒަފުންނަށް މަދުވެގެން 5000ރ. ދިނުން ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.



މީގެ އިތުރުން އެސްއެމްއީ އިން ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000ރ. ގެ ލޯނު މިހާރު 30،000 އަށް އިތުރު ކުރަން ނިންމާފައިވާ ކަން މިނިސްޓަރ އިއުލާންކުރެއްވިއެވެ. ރިލީފް ޕެކޭޖްގެ ލޯނަށް އެދިފައިވާ ފަރާތްތަކުގެ ތަފްސީލް ހާމަކުރައްވަމުން ފިނޭންސްމިނިސްޓަރ އަމީރު ވިދާޅުވީ ރިލީފް ޕެކޭޖްގެ ތެރެއިން މިހާތަނަށް ބީއެމްއެލް އިން 111 ފަރާތަކަށް ލޯން އެޕްރޫވް ކޮށްފައިވާ ކަމަށެވެ. ޢެކި ސަބަބުތަކާއި ހެދި 103 ފަރާތެއްގެ ލޯނު ރިޖެކްޓްވެފައިވާއިރު 83 ފަރާތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ 109.6 މިލިއަން ރުފިޔާގެ ލޯނެވެ.

އެސްޑީއެފްސީގެ ލޯނުން 380 ފަރާތެއް އެޕްރޫވްކޮށްފައިވާ ކަމަށާއި އެއީ 72 މިލިއަން ރުފިޔާގެ ލޯނު ކަމަށް އަމީރު ވިދާޅުވިއެވެ. މީގެތެރެއިން މިހާރު ފައިސާ ދޫކޮށްފައި ވަނީ 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު ކަމަށް ފިނޭސް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން