ހިންމަފުށީ އައްސޭރި ޖަލުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ދަނީ އެންއީއޯސީ އާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކަމަށެވެ.
މިގޮތުން ހިންމަފުށީ ގައި ހުންނަ އައްސޭރި ޖަލުގައި ކޯވިޑް-19 އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ކަރެކްޝަން އިން ބުނެފައި ވެއެވެ.
މީގެ ކުރިން މާފުށީ ޖަލުންވެސް ވަނީ މިގޮތަަށް ރެންޑަމް ސާމްޕަލް ނަގައިފައެވެ. މާފުށީ ޖަލުން 36 ސާމްޕަލެއް ނެގިއިރު ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވް ވެފައެވެ. ކޯވިޑް-19 އަށް ޓެސްޓުކުރުމަށް މާފުށީ ޖަލުންވެސް ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.
މާލެ އިންވެސް މިގޮތަށް ރެންޑަމް ސާމްޕަލް ތައް ނަގަމުންދާއިރު ރެންޑަމް ސާމްޕަލްތަކުން މަދުންނަމަވެސް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. ކޯވިޑް-19 އަށް ޓެސްޓުކުރުމަށް މާލެއިން ނެގި ރޭންޑަމް ސާމްޕަލަކުން މިސްކިތެއްގެ އިމާމެއް ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 1031 އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 360 ދިވެހިންނާއި، 671 ބިދޭސީންނެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަނގްލަދޭޝްގެ މަސައްކަތްތެރީންނެވެ.

ކިޔުންތެރިންގެ ހިޔާލު