ރާއްޖެއިން އިތުރު 47 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޯވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި ބަނގްލަދޭޝްގެ 22 މީހަކާއި ނޭޕާލުގެ ދެ މީހަކާއި އިންޑިއާގެ ހަތަރު މީހެއް ކަމަށެވެ.

އިތުރު 47 މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 58 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ 25 މީހަކާއި ނޭޕާލުގެ ދެ މީހަކާއި އިންޑިއާގެ ހަތަރު މީހެކެވެ.

‎ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 49 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަނގުލަދޭޝްގެ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން