މިއަދު ރާއްޖެއަށް އެހީ ހިފައިގެން އައި ބަންގްލަދޭޝްގެ އެއަރފޯސް މަތިންދާ ބޯޓު
މިއަދު ރާއްޖެއަށް އެހީ ހިފައިގެން އައި ބަންގްލަދޭޝްގެ އެއަރފޯސް މަތިންދާ ބޯޓު
ކޮވިޑް-19 އާއި ގުޅިގެން ބަނގްލަދޭޝްއިން ރާއްޖެ އަށް އިތުރު 9 ޓަނުގެ އެހީ މިއަދު ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓަރ އަބުދުﷲމި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގައުމުން ރާއްޖެއަށް ފޯރުކޮށްދޭ އެހީ ހިފައިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. މި އެހީތަކުގެ ތެރޭގައި ކާބޯތަކެއްޗާއި، ސިއްހީ ސާމާނުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވަނީ ބަންގްލަދޭޝް އިން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކާ އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް އާއި ގުޅިގެން ބަންގްލަދޭޝް އިން އަންނަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެގައުމުން ރާއްޖެ އަށް މީގެކުރިން 100 ޓަނުގެ ސާމާނު ދީފައިވާއިރު، އޭގެތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނެއެވެ.

މީގެއިތުރުން ކޮވިޑްގެ ކަންކަމުގައި ރާއްޖެ އަށް އެހީވާން ބަނގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް ރާއްޖެ އައިސްފައިވާ ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ބަންގާޅު ކުއްޖާ

17-May-2020

ތީދިވެހިން ނަށް ދޭ އެއްޗެއް ނޫން މިތާ މިތިބިބަ އެމީހުން ގެ ރައްޔަތުން ނަށް ދޭ އެއްޗެހި ދިވެއްސަކަށް އެއްވެސް ފައިދާއެއް ނެތް



ޓްރެންޑިން