މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ލީޑަރޝިޕް
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ލީޑަރޝިޕް
ކޮވިޑުން ރައްކާތެރިވުމަށް ޤައުމީ ރޫހެއްގައި އެއްބައިވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް, އެމްއާރުއެމުން ގޮވާލައިފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުވައި އެމްއާރުއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ, ޤައުމީ ދުވަހާ މިފަހަރު ބައްދަލު ކުރާއިރު ނުރައްކާތެރި ކޯވިޑް-19 ގެވަބާ އިން ރައްކާތެރިވުމަށްޓަކައި ދިވެހިން ދައްކުވައި ދީފައިވަނީ ޤައުމީ އެއްބައިވަންތަކަން ކަމަށެވެ.

އަދި ކުރީސަފުގައި މަސައްކަތް ކުރައްވާ ހުރިހާބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ. އޭގެ އިތުރުން އާންމު ހާލަތަށް ދިވެހިރާއްޖެ ބަދަލުކުރުމުގައި އެންމެން ޤައުމީކަމެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.



އެމްއާރުއެމްގެ ބަޔާނުގައިވަނި, މިއަދު ދިވެހި ގައުމު ފާހަގަ ކުރުމުން މިދަނީ ހިޖުރީ ގޮތުން މީގެ 360 އަހަރު ކުރިން 1 ރަބީޢުލް އައްވަލް 981 ވިލޭރޭ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން, އެ ރަދުންގެ އެކުވެރިން ކޮޅަކާއި އެކު މާލެ އަރާވަޑައިގެން, އޭރު ރާއްޖެ އިސްތިއުމާރު ކޮށްގެން ތިބި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި, ފަތަހަ ހޯއްދެވި ތާރީޚީ ހާދިޘާ ކަން ފާހަގަ ކޮށްފައެވެ.

އެހެންކަމުން އެމާތް ރަދުންނަށާއި އެރަދުންގެ އަރިހުގައި ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ޓަކައި ހަނގުރާމަ ކުރެއްވި އެންމެހާ ދިވެހި އަބްޠާލުންގެ ޒިކުރާ އާކޮށް، އެބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ޙަޒުރަތުގައި ދުޢާ ދަންނަވާ ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން