ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އައި ބަނގްލަދޭޝްގެ 353 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
މިމީހުން ފޮނުވާލާފައިވަނީ ދިވެހި ސަރުކާރުން ޗާޓަރުކޮށްފައިވާ ބަނގްލަދޭޝްގެ ބިމާން އެއަރގެ މަތިންދާބޯޓެއްގައެވެ. އަދި ބަނގްލަދޭޝްއިން ރާއްޖެއަށް ހިލޭ އެހީ ހިފައިގެން މިއަދު އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި މާދަމާ އިތުރު 70 މީހުން އަނބުރާ ގައުމަށް ފޮނުވާލާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނިގެން މީގެ ކުރިންވެސް އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި 70 މީހަކު ބަނގްލަދޭޝްއަށް ފޮނުވާލާފައިވެއެވެ.
މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަނގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަނގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިމަސައްކަތުގައި އެހީތެރިކަން ދެމުންދާ ދެގައުމުގެ ހުރިހާ އިދާރާތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

353 Bangladeshis were repatriated today, via Biman flight chartered by GOM and a further 70 Bangladeshis will be departing on the 🇧🇩 Air Force flight which arrived today. I thank the govt. of #Bangladesh & all the agencies involved from both sides for their tireless efforts.
— Abdulla Shahid (@abdulla_shahid) May 16, 2020
މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަނގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަނގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިމަސައްކަތުގައި އެހީތެރިކަން ދެމުންދާ ދެގައުމުގެ ހުރިހާ އިދާރާތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު