ރާއްޖެއަށް ބޭރުގެ މާލީ އިދާރާތަކުން އެހީތެރިކަން އެންމެ އެދެވޭގޮތެއްގައި މިދަނޑިވަޅުގައި ނުލިބެނީ ސަރުކާރުގެ ސިޔާސަތުގެ މިސްރާބު އޮޅިފައިވާތީ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އިން ދައުލަތަށް ލިބެމުން އައި އާމްދަނީ މުޅިން ވަނީ ހުއްޓިފައެވެ. ދައުލަތުން މިހާރުން މިހާރަށް ކުރަންޖެހޭ ޚަރަދުތަކަށް ދުއިސައްތަ މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑް 19 ގެ މި ހާލަތުގައި މިހާރު ލިބިފައިވާ ބޭރުގެ ހިލޭ އެހީއިން ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށާއި އެހީ ހޯދަން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ޢެކަމަށް އިޝާރަތް ކުރައްވައި ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މާލީ އިދާރާތަކުގެ އެހީ އެންމެ އެދެވޭ ގޮތެއްގައި ނުލިބެނީސަރުކާރުގެ ސިޔާސަތުތަކުގެ މިސްރާބު އޮޅި ބެލެންސް ގެއްލިފައިވާތީ ކަމަށެވެ. އަދި ސައުދީ ސަރުކާރަށް ކުރަމުންދާ ޓެރަރިޒަމްގެ ތުހުމަތުތަކާއި ޗައިނާ އަށް ކުރާ ޖެއްސުންތައް ހުއްޓާލަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ ސައުދީ ޢަރަބިއްޔާއަކީ ހައްދު ފަހަނައަޅައިފައިވާ ފިކުރު ޕްރޮމޯޓް ކުރާ ގައުމެއް ކަމަށް ވިދާޅުވެ އެގައުމަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި އެގައުމަށް ވެސް ފާޑުވިދާޅުވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޗައިނާ އިން ރާއްޖެއަށް ބޮޑު އިންޓްރެސްޓްގައި ލޯނު ދީ ރާއްޖެ ދަރަނިވެރި ކުރުވަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާއި ރައީސް ނަޝީދާއި ދެބޭފުޅުންފެ ދެމެދުގައި ޓްވީޓާގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލުކޮށްފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދަނީ މިސަރުކާރުން ޗައިނާއާއި ސަޢުދީ ޢަރަބިއްޔާ ފަދަ ގައުމުތަކުގެ އެހީއަށް ނޭދެނީ ބައެއްގެ ފިއްތުން ތަކެއްގެ ސަބަބުން ނުވަތަ ވަކި ގައުމެއް ދެކެ ބިރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު