ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.
ހެލްތް މިނިސްޓްރީގެ ޑޭޝްބޯޑު ދައްކާގޮތުން ގޮތުގައި، އިތުރު 9 މީހަކު ބަލިން ރަނގަޅުވުމުން، މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 58 އަށް އަރާފައެވެ.
ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1078 އަށް އަރާފައެވެ. މިހާރު ފަރުވާދެމުން އަންނަނީ 1014 މީހުންނަށެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތް ފެންނަ މީހުންނަށްވުރެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ގިނަކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ފާހަގަ ކުރެއެވެ.
ކޯވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 4 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު