އާންމު ތަންތަނުގައި އިޖުތިމާޢީ ގައިދުރުކަމުގެ މިންގަނޑު ހިފެހެއްޓުމަށް އަންގައިދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަ ޖަހާފައިވާ މަގެއް
އާންމު ތަންތަނުގައި އިޖުތިމާޢީ ގައިދުރުކަމުގެ މިންގަނޑު ހިފެހެއްޓުމަށް އަންގައިދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަ ޖަހާފައިވާ މަގެއް
އާންމު ތަންތަނުގައި އިޖުތިމާޢީ ގައިދުރުކަމުގެ މިންގަނޑު ހިފެހެއްޓުމަށް އަންގައިދިނުމުގެ ގޮތުން މާލޭގެ މަގުތަކުގައި ކުރެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އަންނަނީ އަޅަމުންނެވެ. އާންމުން ބޭރަށް ނުކުމެ އުޅުމުގައި އެކަކު އަނެކަކާ މާ ބޮޑަށް ކައިރި ނުވާ ގޮތަށް، ސޯޝަލް ޑިސްޓޭންސިން ނުވަތަ އިޖުތިމާޢީ ގައިދުރުކަން ހިގެހެއްޓުމަށް ސިއްހީ މާހިރުން އަންނަނީ ލަފާ ދެމުންނެވެ. އެގޮތުން ފިހާރަތަކުން ވިޔަފާރި ކުރާއިރު ވެސް އެހެން މީހުންނާ އެހާ ކައިރި ނުވަން ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ. ކޮވިޑް 19 އާއި ގުޅިގެން މާލެ ލޮކްޑަކުން ކޮށް ހަރުކަށި ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ.

ކޯވިޑް:19 އިން ރައްކާތެރިވުމަށް އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާ އެކު، އެންމެ ކުޑަވެގެން ތިން ފޫޓުގެ ދުރުމިނެއްގައި ތިބުމަށް ސިއްހީ މާހިރުން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.

އެކަކު އަނެކަކާ ބަހައްޓަންޖެހޭ ދުރުމިން ހިފެހެއްޓުމަށްޓަކައި ފިހާރަތަކާއި ސުޕަ މާކެޓްތަކުގެ ބޭރުގައި ކިއުތަކުގައި ތިބޭއިރު ތިބެންޖެހޭ ދުރުމިން އަންގައިދޭން ފާހަގަތަކެއް ފެންނަ ފޮޓޯ ތަކެއް މާލެ ސިޓީކައުންސިލްގެ ރަސްމީ ޓްވީޓާގައި ވަނީ އާންމުކޮށްފައެވެ. ޢެގޮތުން އެކަކު އަނެކަކާ ބަހައްޓަންޖެހޭ ދުރުމިން އަންގައިދޭން ގޮތަށް ރީނދޫ ކުލައިން ވަށް ބުރުތަކެއް މަގުމަތީގައި ކުރަހައިފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

ކޮވިޑް-19 އަށް މާލެއިން ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ދިއުމުގެ ހުއްދަ ވަކި އުސޫލެއްގެ ދަށުން ދެމުން އަންނަ ކަން ފާހަގަކުރެވެއެވެ. ކުރިއަށް މިއޮތް ދެ ހަފުތާ އަކީ ކޮވިޑް:19 އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ސިއްހީ މާހިރުން ލަފާކުރާ ދެ ހަފުތާއެވެ. ރާއްޖެއިން މިހާތަނަށް 1078 މީހުންނަށް ބަލި ޖެހިފައިވާއިރު އޭގެތެރެއިން 4 މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން