ވިހޭތާ މަސް ނުފުރޭ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޢެޗްޕީއޭގެ ކޯވިޑް-19ގެ ޑޭޝްބޯޑު އިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެއީ ކޭސް ނަމްބަރު 1041 އެވެ. ކޮވިޑް އަށް ފައްސިވެފައިވަނީ ކުޑަ ފިރިހެން ކުއްޖެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ފައްސިވި އެންމެ ހަގު ކުއްޖާއެވެ.
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މިކުއްޖާއަކީ އުމުރުން އެންމެ 17 ދުވަހުގެ ތުއްތު ކުއްޖެކެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، ވިހޭތާ އެއް މަސް ނުވާ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަަމަށެވެ. އެ ކުއްޖާ ޕޮޒިޓިވީ އަލާމާތްތައް ފެނުމާ ގުޅިގެން ޓެސްޓް ކުރުމުން ކަމަށެވެ. "އެކުއްޖާގެ މަންމަ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން." ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން 7 މަހުގެ ތުއްތު ކުއްޖަކު ވެސް ކޮވިޑް އަށް ފޮޒިޓިވް ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު