ލޮކްޑައުންގެ ގަވާޢިދަށް އަމަލު ކުރޭތޯ ފުކުހުން ބަލަނީ؛ ބޭރަށް ނުކުމެ އުޅޭ މީހުން އެނބުރި ގެއަށް ދާއިރު ގޭގައި ތިބޭ އެހެން މީހުންނަށް ސަމާލުކަން ދޭންޖެހޭ (ރަސް ފޮޓޯ-ޝާހް)
ލޮކްޑައުންގެ ގަވާޢިދަށް އަމަލު ކުރޭތޯ ފުކުހުން ބަލަނީ؛ ބޭރަށް ނުކުމެ އުޅޭ މީހުން އެނބުރި ގެއަށް ދާއިރު ގޭގައި ތިބޭ އެހެން މީހުންނަށް ސަމާލުކަން ދޭންޖެހޭ (ރަސް ފޮޓޯ-ޝާހް)
ރެންޑަމްކޮށް ނެގި ޢުމުރުން ދުވަސްވީ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މާލެ ސަރަޙައްދުގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނަށާއި، އެމީހުން އެންމެ ގާތުން ބަލަހައްޓާ މީހުންނަށާއި، ޢުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ގޭގެއިން ޒަރޫރީ އެކިކަންކަމުގައި ބޭރަށްދާ މީހުންގެ ސާމްޕަލް ނަގަން ފަށާފައިވާކަމަށެވެ.

މިގޮތުން ސާމްޕަލްތައް ނަގަން ފެށުމުން، ޢުމުރުން ދުވަސްވީ މީހުންނަކީ ގެއިން ބޭރަށް ދާ ބައެއް ނޫންކަމަށް އެފަރާތްތަކުން ބުނަމުންދާކަމަށާއި، ނަމަވެސް އެމީހުންނަށް އަމާޒުކޮށް ސާމްޕަލް ނަގަނީ ގޭގައި ތިބޭ ޢުމުރުން ދުވަސްވީމީހުންނަށް ރާއްޖޭގައި ބަލިޖެހޭ މިންވަރު ކަށަވަރުކުރުމަށް ކުރަމުންދާ ކަމެއް ކަމުގައި ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގާތީ ސުވާލުކުރޭ ކީއްވެތޯ ސާމްޕަލް ނަގަނީ. ބޭރަށް ނުދާވާހަކަ. ރާއްޖޭގައި މި އުމުރުފުރާގެ ގިނަ މީހުންނަކީ ދިގުމުދަތަކަށް ފަރުވާ ހޯދާ ބަލިމީހުން. ބަލިޖެހިއްޖެއްޔާ ނުރައްކާ ބޮޑު ފަރާތްތަކެއް. ބޭރަށް ނުނިކުތަސް އެގޭގެ އެކަކު ބޭރަށް ނިކުތަސް ހަމަ އެމީހުންނަށް ބަލިޖެހުމުގެ ފުރުސަތު އެބައޮވޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ، ފާއިތުވި ތިން ދުވަހު ގޭގައިތިބޭ ޢުމުރުން ދުވަސްވީ މީހުންގެ ފަރާތުން ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވާކަމަށާ، ނަމަވެސް މިއަދު މިގޮތަށް ނެގި ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށެވެ.

ޢުމުރުން ދުވަސްވީ މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ އެންމެ ހައިރިސްކް ބަލިމީހުން ކަމަށް ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންކަމުން ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށްވެސް ޑޮކްޓަރ ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން