ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ހިންގާ މާލެ އަތޮޅު ހިންމަފުށި
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ހިންގާ މާލެ އަތޮޅު ހިންމަފުށި
ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ޕޮޒިޓިވްވި މީހާ އެ ސެންޓަރަށް ދިޔުމުގެ ކުރިން މާލޭގައި ހުރި އިރު، އޭނާ ގޮސްފައިވާ އެއް ގެއަކުން ޕޮޒިޓިވް ކޭސް އެއް މިއަދު ފެނިފައިވާ ކަމަށް ޑރ. ނަޒުލާ ރަފީގް މިރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ދިޔުމުގެ ކުރިން މާލޭގައި ހުރި އިރު، އޭނާ ގޮސްފައިވާ އެއް ގެއަކުން ޕޮޒިޓިވް ކޭސް އެއް މިއަދު ފެނިފައިވާ ކަމަށެވެ.އޭގެ ތެރެއިން އެކަކު ހިމެނޭ ގެއެއްގައި ބޭރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެހެންވީމަ އެއީ އެތަނަށް ބަލި ދިޔަ ގޮތް ކަމަށް ބެލެވިދާނެ. އެކަމަކު އެކަން އަދި ޔަގީނެއް ނޫން." ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިހެބް ލޮކްޑައުންގައި އޮތް ނަމަވެސް އެތަނުގެ ބައެއް މުވައްޒަފުން ވެސް ރަށު ތެރެއަށް ގޮސްފައިވާކަން މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސެންޓަރުން ތިން ޕޮޒިޓިވް ކޭސް ފެނުމާ އެކު ހިންމަފުއްޓަށް ގޮސް، އެ ރަށުގެ އެކި ތަންތަނުން 156 ސާމްޕަލް ނަގައިގެން މިރޭ ގެނަސްފައިވާ ކަމަށް ނަޒްލާ ވަނީ ހާމަކުރައްވާފައެވެ.

ޑރ.ނަޒްލާ ވިދާޅުވީ އެންމެ ފަހުން ރިހެބަށް ފަރުވާ ހޯދާމީހުން ގޮސްފައިވަނީ ހުސްވި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ހަތަރު މީހުން ގޮސްފައިވާއިރު އޭގެ ކުރިން އޭޕްރީލް އަށްވަނަ ދުވަހު ދެ މީހުން، ނުވަވަނަ ދުވަހު އެކަކު އަދި 12 ވަނަ ދުވަހު ހަތަރު މީހުން ގޮސްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި ތިން ސާމްޕަލްގެ ތެރޭގައި އެންމެ ފަހުން ދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކުގެ ސާމްޕަލް ވެސް ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން އެކަކު މިހާރު ހުރީ އާއިލާ މެމްބަރަކަށް ދިމާވި ކަމަކާ ގުޅިގެން މާލެ އައިސް އާއިލާއާ އެކުގައި ކަމަށެވެ. ތިންވަނަ މީހާ ވެސް އެތަނަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެކްޓިވް ސަވެއިލަންސްގެ ދަށުން ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން އިއްޔެ ހިންމަފުށީ ޑީޓީއާރުސީއިން ނެގި ތިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު އެ ތިން މީހުންނަކީ ވެސް އެ ސެންޓަރަށް ފަރުވާ ހޯދަން ގޮސްފައިވާ ތިން މީހުން ކަން ފާހަގަކޮށްލެވެެއެވެ. އެއީ އެކްޓިވް ސަވެއިލަންސްގެ ދަށުން ނަގަމުންދާ ސާމްޕަލްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން