ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް އަދިވެސް އަތޮޅުތަކުގެ ރަށްތަކަށް ވައިރަސް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ.ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ލޮކްޑައުންއަށް ފަހު މާލެ ފިޔަވައި ތިން ރަށަކުން ކޮވިޑް ކޭސްތައް ފެނިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ރަށަކުން ފެނުނު ކޭސްތަކަކީ ސީދާ މާލެއިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް ކަމަށް ނަޒްލާ ވިދާޅުވިއެެވެ.

"މާލެއިން ރަށްރަށަށް މީހުން ދާ ދިއުމުގައި ބަލި ފެތުރުން އެކަށީގެންވޭ." އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިހާރު ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓްތައް ވަރަށް ބޮޑަށް މަދުވަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

"ފުރަތަމަ 66 ކޭސްގެ 1868 ކޮންޓެކްޓްސް ވަނީ ފެނިފައި. އެއާއި ޖެހިގެން އައި ހަފުތާގައި 191 ކޭސްގައި 1972 ކޮންޓެކްޓް، އޭގެ ޖެހިގެން އައި ހަފުތާގައި 341 ކޭހުން 1261 ކޮންޓެކްޓްސް ފެނިފައިވޭ. މިދިޔަ ހަފުތާގައި 337 ކޭސް އިން ފެނިފައި ވަނީ 914 ކޮންޓެކްޓްސް." ޑޮކްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން