ފުރަބަންދުން ވީއްލުމަށް ފަހުވެސް ނުރައްކާތެރި ކޮވިޑް-19 މާލޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން "ނިއު ނޯމަލް" ގައި ތިން މަހެއްހާ ދުވަހު ރައްޔިތުން އުޅެންޖެހިދާނެ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ
ކޮރޯނާވައިރަސް ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާތީ ކުރީގެ އާދަތަކަށް އަނބުރާ ދެވެނެ ނެތް ކަަމަށެވެ. ލޮކްޑައުންގެ ހާލަތު ނިމި، އަނބުރާ މަގުމައްޗަށް ނުކުމެވުނު ނަމަވެސް، އުޅެން ޖެހޭނީ އެ "ނިއު ނޯމަލް"ގައި ކަމަށް އަފްޒަލް ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އަލާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ލޮކްްޑައުން އިން ނެގި ނަމަވެސް އެ ހިސާބުން ދާނީ ނިއު ނޯމަލް އަށް ކަމަށާއި އެކަމަށް ޓަކައި އެކި މީސްމީހުން އުޅެންވާ ގޮތުގެ ވަރަށް ތަފުސީލީ އެސްއޯޕީއެއް ހަދަމުންދާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ބިރުގަންނަ ކަމެއް ލޮކްޑައުން ދޫކޮށްލާއިރަށް ކުރިއެކޭ އެއްގޮތަށް މީހުން އުޅެފާނެތީ. ނިއުނޯމަލްގައި ވެސް ދެތިން މަސް އުޅެން ޖެހިދާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ.." ޑޮކްޓަރ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި ފާޚާނާ ފަދަ ތަންތަން ބޭނުން ކުރުމަށް ފަހު ސާފުކޮށްލުމާއި، ވަކިން ހާއްސަކޮށް ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
ލޮކްޑައުން ދޫކޮށްލިއަސް ގޭގައި އުޅޭ އެންމެން ބޭރު ތެރެއަށް ނުކުމެ ނޫޅުމަށް އަފްޒަލް އިލްތިމާސް ކުރެއްވިއެވެ. ޒަރޫރީ ބޭނުންތަކުގައި ނުކުންނަ އިރު ވެސް ގައިދުރުކަމަށް ސަމާލުކަން ދިނުމާއި ގިނަ ގިނައިން އަތްދޮވުމުގެ އިތުރުން އާއްމު ސާފުތާހިރުކަމަށް އަބަދުވެސް ސަމާލުކަން ދޭން އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.
މިގޮތަށް އަމަލުނުކޮށްފި ނަމަ، ލޮކްޑައުންގެ ސަބަބުން ލިބުނު ހިމާޔަތް ގިނަ ދުވަހަކު ނޯއްނާނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
ލޮކްޑައުން އުވާލުމަށްފަހު އަމަލުކުރަން ޖެހޭ ގޮތުގެ އެސްއޯޕީއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު މާލެ ލޮކްޑަކުއުންކޮށް ލޮކްޑައުން ދިގު ދަންމަމުންދާއިރު މިހާރު ލޮކްޑައުން ކޮށްފައިވާ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު