މާފުށީ ޖަލުގެ ޤައިދީއަކަށް ފުޅަ އަޅާފައިހުރި ކާއެއްޗެހި ދިންކަމަށްބުނެ މީސް މީޑިޔާގައި ފަތުރާ ވީޑިޔޯއަކީ، ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ފޮރުވައިގެން ގެންގުޅުމަށްފަހު ނަގާފައިވާ ވީޑިއޯއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މާފުށީ ޖަލުގައި ހުރި ޤައިދީއަކަށް ފުޅަ އަޅާފައިހުރި ކާއެއްޗެހި ދިންކަމަށްބުނެ މީސް މީޑިޔާގައި ވީޑިޔޯއެއް އަންނަނީ ދައުރުވަމުންނެވެ. ޢާންމުވެފައިވާ އެ ޢެވީޑިއޯ އާއެކު ބުނެފައިވަނީ ޖަލުގައި ތިބި ގައިދީންނަށް އިއްޔެ ރޯދަ ވީއްލަން ގެނައި މަސްހުނީގައި ހުރީ ފުޅައަޅާފައި ކަމަށެވެ.
ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެފަދަ މައްސަލައަކާއި ގުޅިގެން މިހާތަނަށް އެއްވެސް ގައިދީއެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ. މިހާތަނަށް ބެލިބެލުމުން އެ ވީޑިއޯ އަކީ ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ފޮރުވައިގެން ގެންގުޅުމަށްފަހު ނަގާފައިވާ ވީޑިއޯއެއްކަން ހާމަވެފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ. އެފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރު ކުރުމަށްޓަކައި ބެލުންތައް ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި ހޯމް މިނިސްޓްރީން މިހާރު ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު