ޕެންޝަން ފަންޑުން ބަހާވަރަށް ވަކި ވަކި މީހުންގެ އެކައުންޓްގައި ފައިސާ ނުހުންނާނެ ކަމަށާއި އެފައިސާ ހުރީ އިންވެސްޓް ކޮށްފައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ޕެންޝަން ފަންޑަށް ޖަމާ ކުރާ ފައިސާ ހުރީ އެކި ކަންކަމުގައި އިންވެސްޓް ކޮށްފައިވާ ކަމަށެވެ.
" ވަކިވަކި ފަރުދުންނަށް ބަލާފައި ކޮވިޑް 19 މިހާލަތުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ، މިސާލަކަށް ނަގަން ވިސްނާނަމަ އަސްލު ހަގީގަތުގައި ނުވާނެ އެގޭތޯ، ވާވަރަކަށް ވަކިވަކިން ފަރުދުންނަށް ފުދޭ މިންވަރަކަށް ނުވާނެ." ފިނޭސް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ޕެންޝަން ފަންޑަކީ ވަކި ގާނޫނެއްގެ ދަށުން ވަކި މަގުސަދެއް ހާސިލް ކުރުމަށްޓަކައި އޮންނަ ފަންޑެއް ކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ ވިޔަފާރިތަކަށާއި ވަޒީފާ ނެތް މީހުންނަށް ހަމަޖައްސައިދޭ އެލަވަންސްތައް ދިނުމަށް ސަރުކާރުން މިހާރު ދޫކުރާ ރިލީފް ޕެކޭޖާއި ލޯނުތަކުގެ އެހީގައި މިހާލަތުގައި ދިމާވާ މާލީ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ ސަރުކާރުން ހަމަ ބޭނުންވާ އިރަށް ބޭނުން ކުރަން ހުންނަ އެއްޗެއް ނޫން ކަމަށާއި ބޭނުންވާއިރަށް އެ ފައިސާ ބޭނުން ނުވެސް ކުރެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް ދައުލަތުން ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ ހޯދާނީ ޕެންޝަން ފަންޑުގައި އަތްނުލައި އެހެނިހެން ގޮތްގޮތުން ހޯދާ އާމްދަނީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު