މާލޭގައިި އިސްލާމިކް މިނިސްޓްރީއަށް މީހަކު ޒަކާތްދައްކަނީ؛ މިއަހަރު ޒަކާތް ދެއްކޭނީ އޮންލައިންކޮށް އެކަނި
މާލޭގައިި އިސްލާމިކް މިނިސްޓްރީއަށް މީހަކު ޒަކާތްދައްކަނީ؛ މިއަހަރު ޒަކާތް ދެއްކޭނީ އޮންލައިންކޮށް އެކަނި
ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 20 ދުވަހު މާލެ ސަރަޙައްދުން ދެ މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާކަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަޙައްދުން 2275465 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ މި މުއްދަތުގައި 2579857 ރުފިޔާކަމަށް ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ މިދިޔަ އަހަރާއަޅާބަލާއިރު 304392 ރުފިޔާ އިތުރު އަދަދެކެވެ.

ފާއިތުވެ ދިޔަ 3 އަހަރުދުވަހުގައި އެންމެ ގިނައިން ޒަކަތުގެ ފައިސާ ލިބިފައިވަނީ 2019 ވަނަ އަހަރުގައެވެ. އެއަހަރު މާލެ ސަރަޙައްދުން ވަނީ 5651268 ރުފިޔާ ލިބިފައެވެ. 2018 ވަނަ އަހަރު ޒަކާތުގެ ގޮތުގައި މާލެ ސަރަޙައްދުން ލިބިފައިވަނީ 4487804 ރުފިޔާއެވެ. އަދި 2017 ވަނަ އަހަރު ލިބިފައިވަނީ 4452975 ރުފިޔާއެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެގޮތުން 5 ގޮތަކަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. މާލޭގައި ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ފިޠުރު ޒަކާތް ބެހުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގައި އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށެވެ. އެ ލިސްޓުގައި ވާގޮތުން މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި ތިބީ 8764 މީހުންނެވެ. އޭގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ފަޤީރުންގެ ގޮތުގައި އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން