މީގެކުރިން ރާއްޖެއިން ތައިލެންޑަށް ގެންދިޔަ ބަޔަކު ތައިލެންޑް އެއަރޕޯރޓްގައި
މީގެކުރިން ރާއްޖެއިން ތައިލެންޑަށް ގެންދިޔަ ބަޔަކު ތައިލެންޑް އެއަރޕޯރޓްގައި
ރާއްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު މޯލްޑިވިއަންގެ ފްލައިޓެއްގައި އެ ޤައުމަށް އަނބުރާ ގެންގޮސްފިއެވެ.

ރާއްޖޭގައި ތިބި ތައިލެންޑުގެ ރައްޔިތުންގެ ތެރެއިން ޤައުމަށް ދާން ބޭނުންވި މީހުން ފޮނުވާލާފައިވަނީ ރާއްޖޭގައި ހުންނަ ތައިލެންޑުގެ ކޮންސިއުލޭޓާއި ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބޭއްވި ޗާޓަރު ފްލައިޓެއްގައެވެ. މިއީ ރާއްޖޭގައި ތިބި ތައިލެންޑުގެ ރައްޔިތުން އެ ޤައުމަށް ގެންދިއުމަށް ބޭއްވި 3 ވަނަ ފްލައިޓެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ފްލައިޓުގައި ތައިލެންޑުގެ 55 މީހަކު އެ ޤައުމަށް ގެންގޮސްފައިވެއެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ފްލައިޓްގައި 131 މީހަކު ވަނީ ޤައުމަށް ގެންގޮސްފައެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑް ކޮންސިއުލޭޓުން ބުނީ ރާއްޖޭގައި ތިބި ތައިލޭންޑްގެ ރައްޔިތުން ގެންދިޔުމަށް އިތުރު ފްލައިޓެއް އަދި ބާއްވާނެކަމަށާއި ތައިލެންޑަށް އެނބުރިދާން ބޭނުންވާ އެގައުމުގެެ ރައްޔިތުން މިއަދުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

ތައިލެންޑް ރައްޔިތުން އެނބުރި ޤައުމަށް ފޮނުވާލުމަށް އެގައިމަށް މޯލްޑިވިއަންގެ ދަތިރުތަކެއް ބާއްވަމުން އަންނައިތު މޯލްޑިވިއަނުން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.

ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރާ ގައުމަށް ގެންދިއުމަށް ހާއްސަ ފްލައިޓްތަކެއް ވަނީ ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން