ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ ހެލްތު ފެސިލިޓީ- މިތަނުގެ ގިނަ މަސައްކަތައް ކުރަނީ ސިފައިން
ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ ހެލްތު ފެސިލިޓީ- މިތަނުގެ ގިނަ މަސައްކަތައް ކުރަނީ ސިފައިން
ކޯވިޑް19 އާ ގުޅިގެންމިހާތަނަށް ކުރެވިފައިވާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީސަރުކާރުން މަސައްކަތް ކުރަނީ ކޮވިޑް19 އާ ގުޅިގެން ކުރާ ހުރިހާ ހޭދައެއް ވެސް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ކަމަށެވެ. ކޮވިޑް19 އާ ގުޅިގެން ކުރެވޭ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރުމަށްޓަކައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އެދިވަޑައިގެންފައި ވާނެ ކަމަށާއި، އަދި މިހާރު ސްޓޭޓް އިންޓާނަލް އޮޑިޓު ކޮމިޓީން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމުގައި ވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

އޮޑިޓުގައި ބަލާނީ މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ޑިފެންސް، އިމިގްރޭޝަން، އެންޑީއެމްއޭ، ޕޮލިސް، ޓޫރިޒަމް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އަދި ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ހަރަދުތައް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ އަންނަ ހަފުތާގެ ނިޔަލަށް އޮޑިޓް ގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް." ދަރުބާރު ގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް19 އާ ގުޅިގެން 814 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، އޭގެ ގާތްގަނޑަކަށް 72 ޕަސެންޓު ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށެވެ. މިނިސްޓަރ ވިދާޅުވީ ސްޓޭޓް އިންޓާނަލް އޮޑިޓުން އެސްޓީއޯގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އެސްޓީއޯގެ އިންޓާނަލް އޮޑިޓް ހިނގަނީ ރަނގަޅަށްތޯ ބަލަން އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅޭ ޚަރަދުތަކުގެ ހަފުތާ ރިޕޯޓުވެސް ފިނޭސް މިނިސްޓްރީ އިން ދަނީ ޝާއިޢުކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ރިޕޯޓުތަކުގައި ވެސް ހުރިހާ މިނިސްޓްރީތަކުން ކުރެވޭ ހަރަދުތައް ތަފްސީލުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ކޯވިޑް19 އިން އަރައިގަތުމަށް ދައުލަތުން ކުރާ ހަރަދުތަކާއި، އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާގޮތުގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ނުސްލި

17-May-2020

މީހާރު އޮންނާނީ ފިނޭންސް މިނިސްޓަރު ތި ހުރިހާ ޕްރޮޖެކްޓުތަކުން ބައިނަގައިފަ.ފައްކާ ކޮރޮޕްޓުން ފުރިފަ ހުރިމީހެއް. ބޭރުކުރޭ އަވަހައް!!!



ޓްރެންޑިން