3 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު އިންތިޚާބު ކުރިއަށްދާ ރަށްތަކަކީ ހދ.ނޭކުރެންދޫ، ނ.ކެނދިކުޅުދޫ އަދި ރ.މަޑުއްވަރީ ކަމަށެވެ. މިއަދުގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ މިއަދު މެންދުރުފަހު 3:00 އާ ހަމައަށެވެ.
މީގެ އިތުރުން އަންނަ އޮކްޓޯބަރ މަހުގެ 30ވަނަ ދުވަހު ގއ. ވިލިގިނލީގައާއި، ޅ. ކުރެންދޫގައި އިންތިޚާބު ބޭއްވުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ނ. މަގޫދޫ އާއި ކ. ހުރާގެ ބައި އިލެކްޝަނަށް ހުޅުވާލުމުން އެ ދެ ރަށުން ކުރިމަތިލީ އެންމެ ކެންޑިޑޭޓަކަށް ވާތީ އިންތިހާބަކާ ނުލައި ވަނީ ހޮވިފަ އެވެ.
އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ރައީސާއަށް މިހާރު ލިބެނީ 3،500 ރުފިޔާގެ އެލަވެންސެކެވެ. ނައިބަށް 2،500 ރުފިޔާ އެވެ. މެންބަރަކަށް 2،000 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު