މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ
މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ
ކުރިއަށް އޮތް ދެ ހަފްތާވެސް މޯލްޑިވް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ބަންދުވާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާ އިން ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މި މޭ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވާތީ އެމުއްދަތުގައި އެ އޮފީސް ވެސް ނުހުޅުވާނެ ކަމަށެވެ.

އެ މުއްދަތުގައި ޓެކްސް ދެއްކުމުގެ ސުންގަޑި ހަމަވާ ޓެކްސްތަކުގެ ސުންގަޑިތަކަށް ބަދަލު ގެންނާނެ ކަމަށް ވެސް މީރާ އިން ބުނެފައިވެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށާއި ފޯނުން ގުޅައިގެން ރައްޔިތުންނަށް ހިދުމަތް ނުދެވުނު ނަމަވެސް ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް މީރާ އިން ބުނެ އެވެ.

އެހެންކަމުން އޮންލަންކޮށް ލިބެން ހުރި ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން