ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަަކަށް ބަދަލުވެ ރާއްޖޭގެ މޫސުން ކުރިއަށް އޮތް ތިން ދުވަހުވެސް އިތުރަށް ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
"ތޫފާން އަމްޕަން"ގެ ނަންދީފައިވާ މި ތޫފާނުގެ ސީދާ އަސަރު ރާއްޖެ އަށް ނުކުރި ނަމަވެސް އެކަމުގެ ސަބަބުން ރާއްޖޭގެ މޫސުން ކުރިއަށް އޮތް ތިން ދުވަހު ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. ދައުލަތުގެ މީޑިޔާ އަށް ދެއްވި އިންޓަވިއު އެއްގައި މޫސުމާއިބެހޭ ޤައުމީ ޢިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒް ވިދާޅުވީ "ތޫފާން އަމްޕަން" މިހާރު ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރައްކަމަށާއި، އެހެން ނަމަވެސް އެ ތޫފާން ސިވިއަރ ސައިކްލޯންއަކަށް ބަދަލުވެ ބާރު ގަދަވަމުންދާތީ ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ތޫފާން "އަމްޕަން" މިހާރު ދަތުރުކުރަމުންދަނީ އިންޑިއާ އާއި ދިމާލަށް ކަމުގައިވިޔަސް، މި ތޫފާނުގެ މިސްރާބު ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ބަނގްލަދޭޝްއާއި ދިމާއަށް ބަދަލުވާނެކަމަށް ބެލެވޭއިރު މި ތޫފާން ބަނގްލަދޭޝްއަށް އެރުމުން އޭގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަވެ ރާއްޖެއަށް މޫސުން ރަނގަޅުވާނެކަމަށްވެސް ހާފިޒް ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތް 24 ގަޑިއިރު އާންމުގޮތެއްގައި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ގައުމީ މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވަނީ ގއ. އާއި އައްޑު އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. ޢެއީ މިއަދު 13.20 އިން 16.30ގެ ނިޔަލަށެވެ. މިދިޔަ ހުކުރު ދުވަހު މެޓް އޮފީހުން އޮރެންޖް އެލަރޓްވެސް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގައި މިފަދަ އެލަާޓެއް ނެރުނު ފުރަތަމަ ފަހަރެވެ. އޮރެންޖް އެލާޓަކީ، މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ އެލާޓެވެ.

ކިޔުންތެރިންގެ ހިޔާލު