ރައްޔިތުންގެެ މަޖިލިސް
ރައްޔިތުންގެެ މަޖިލިސް
ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކަށް ޢަމަލުކުރުން މިއަހަރުގެ ނިޔަލަށް ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި އިސްލާޙު މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އެވެ.

ކާނަލް ނާޒިމް ހުށައެޅުއްވި އިސްލާޙުގައި ވަނީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުމަށް އޮންނަ ޝަރުތަށް އަމަލުކުރުން 1 ޖެނުއަރީ 2021 އާއި ހަމަޔަށް ފަސްކުރުމަށެވެ.

"ކޯވިޑް -19 ބައްޔާ ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް އަޅުގަނޑު ހުށަހަޅައިފިން." އިސްލާޙު ހުށައެޅުއްވި ސަބަބެއް ކަމަށް ކާނަލް ނާޒިމް ވިދާޅުވެފައިވެއެވެ.



ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށްފަހު ޤާނޫނީ ވަކީލުކަން ކިޔަވާ ނިންމާފައިވާ ދަރިވަރުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގައި ވަނީ އިތުރު ތަކްލީފެއް އުފުލަން ޖެހިފައެވެ.

އެ ޤާނޫނުގެ ދަށުން ބާއްވަން ޖެހޭ ބާ އިމްތިޙާން ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން