ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުް މުޙައްމަދު ނަޝީދު
ރައީސް، މުހައްމަދު ނަޝީދަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންދާ ފަރާތްތަކަށް ލޯބީގެ ލަވައަކުން އެމަނިކުފާނުގެ ހިތްޕުޅުގެ ޝުއޫރުތައް ބަންޑުކޮށްލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސް އެވެ. މިއަދަކީ ރައީސް މުހައްމަދު ނަޝީދަށް 53 އަހަރު ފުރޭ އުފަންދުވަހެވެ. ރައީސް ނަޝީދުގެ އުފަންދުވަހާއި ގުޅިގެން އެތައް ބަޔަކު އަންނަނީ އެ މަނިކުފާނަށް ޝޯޝަލް މީޑިޔާގައި އުފަންދުވަހުގެ ތަހުނިޔާއާއި ހެއު އެދުންތަށް ފޮނުވަމުންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ނަޝީދު ޓްވީޓް ކުރެއްވި ލަވައަކީ މިހާރު ހުއްޓާލާފައިވާ ދިޕްލަސްގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދީފައިވާ "އެންމެ ރީތި" ޝޯގައި ކުޑަ އިއްބެ އާއި އަޝްރާ ކިޔާފައިވާ "ރޭ ނިދީގައި ވެސް ދުށީމޭ" މިލަވައެވެ. މިލަވައަކީ ޝާއިރީ ގޮތުން މޮޅު ލޯބީގެ ބައިތުތަކަކުން ހިތުގެ އުފެދޭ ލޯބީގެ ޝުޢޫރުތަށް ބަންޑުންކޮށްލާފައިވާ ލަވައެކެވެ.

މިލަވަ އާއިއެކު ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އެތައް ކަމަކާއި ކުރިމަތިލާ ކާމިޔާބު ހޯދާފައިވާ ކަމަށާއި މިއީ ގޮންޖެހުންތައް ބޮޑު ވަގުތަކަށްވީ ނަމަވެސް ހިތްވަރު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރިންވެސް މިފަދަ ހާލަތްތަކާއި އަޅުގަނޑުމެން ވާނީ ކުރިމަތިލާފައި ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ ފަސްޖެހޭނެ ބައެއް ނޫން ކަމަށާއި މިކަމާއި ކުރިމަތިލާ ކާމިޔާބު ކުރާނީ އެންމެން ގުޅިގެން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި "އަޅުގަނޑުމެން އެނބުރި އަންނާނީ އަދި މާ ވަރުގަދަކޮށް" ކަމުގައިވެސް ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދަކީ މިއަދު ވެރިކަން ކުރަމުންދާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސެވެ. އަދި 19 ވަނަ ރައްޔިތުންގެ މަަޖިލީހުގެ ރައީސްވެސް މެއެވެ. ދިވެހި ތާރީހުގައި ވެސް ، ރައީސްގެ ލަގަބު ދެ ފަހަރަށް ވިދިވިދިގެން ލިބި ވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ ރައީސް ނަޝީދެވެ. އަދި މިހާތަނަށް ދިވެހި ބަރުލަމާނީ ހަޔާތުގައި އެއްޕާޓީއަކުން މަޖިލީހުގައި އެންމެ ގިނަ މެންބަރުން ހިއްސާވާ ސުޕަރ މެޖޯރިޓީއާއެކު މަޖިލީހަށް ވަޑައިގެންނެވި ޕާޓީގެ ރައީސެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ފޭން ބޭސް އެއް އޮތް ނުވަތަ އެންމެ ގިނަ ބައެއްގެ ތާއީދުއޮތް އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އުފަން ދުވަހާއި ގުޅުވައިގެން އެ މަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ވާހަކަ ސަޕޯޓަރުން އަންނަނީ ދައްކަމުންނެވެ.

ރައީސް ނަޝީދަކީ ދިވެހި ތާރީހު ބަދަލު ކޮށްލެއްވި ބޭފުޅެކެވެ. ހިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފްކޮށް، އެ ކަންކަމަށް ދިވެހިން އަހުލުވެރި ކުރުވުމުގައި ރައީސް ނަޝީދު އަދާކުރައްވާފައިވާ މުހިންމު ރޯލުގެ މަތިން ދިވެހިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމުން އެމަނިކުފާނުގެ ނަންފުޅު ދިވެހި ސިޔާސީ އުދަރެހުން އޮއްސުނީކަމަށްވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރިއެވެ. އެހެން ނަމަވެސް އެނބުރި ވަޑައިގެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ކުރިއަށްވުރެއް ވަރުގަދަކޮށެވެ.



ކިޔުންތެރިންގެ ހިޔާލު


8

މުރަގަ ގަސްދަށު މާލިމީ

18-May-2020

ނަޝީދު ދިވެހިންނަށް ހޯދާދިން ޑިމޮކްރަސީ އަކީ މުސްލިމުންނާ ނުގުޅޭ ބީރއްތެހި ޑިމޮކްރަސީއެއް ފިތުނަފަސާދަ އުފެއްދުމާ ނަހީކުރެއްވިހަާ ކަންކަން ފަސްނުޖެހި ކުރަން ކެރޭ ޑިމޮކްރަސީއެއް އެހެންވީމާ މިޤައައުމު ފާލުން ނައްޓުވާލިކަމުގެ ލަގަބު މީހަކައް ދެއްޏާ ދޭންޖެހެނޭ ތިބުނާ ނަޝީދަށް މީކީއަރެމެން ދެކެން ބޭނުން ޑިމޮކްރްސީއެއްނޫން


-4

ޕިންކު

18-May-2020

ލާދީނީ ގުރޫޕު ނިކަން ފޯރި ހުންނާނެ އޭނާ ފޮޑިއެއް ޖަހައިލިޔަސް


18

ސާހިލް

18-May-2020

މީޑިއާ ސްޓަންޓް ޖައްސަން ނިކަން މޮޅުވާނެ އަންނި


3

ފަތުހީ ދެކުނު

18-May-2020

މި ނިކަން ޑުރާމާ ކުޅެން މޮޅު މީހެއް


1

ނާފިލް

18-May-2020

އަދި "އަޅުގަނޑުމެން އެނބުރި އަންނާނީ އަދި މާ ވަރުގަދަކޮށް" ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ދެން ނާދެވޭނެ ގަދަކޮށެއް. އާދެވެން އޮތް އެންމެ ފުރަތަމަ އަދި ފަހު ފަހަރު ތިޔައޮތީ ގާނޫނުތަކާ ކުޅެ ޖުޑިޝަރީއާވެސް ކުޅެގެން އާދެވިފަ. ދެން ޖެހޭނީ މިގައުމު ދޫކޮށް ބަޗަން



ޓްރެންޑިން