ސްޓެލްކޯ މައި އޮފީސް
ސްޓެލްކޯ މައި އޮފީސް
މިމަހުވެސް ސްޓެލްކޯއިން ގޭގެއަށް ރީޑިންގ ނަގަން ނުދާނެތީ މީޓަރުގެ ފޮޓޯ ފޮނުވައިދިނުމަށް ސްޓެލްކޯ އިން އެދިއްޖެއެވެ.

ސްޓެލްކޯ އިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ ކޯވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށްވަދެ އުޅުމަކީ ގޭގޭގައި އުޅޭ ފަރާތްތަކަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރި ގޮތެއް ނޫންކަމަށެވެ. އެހެން ކަމުން ނިމިދިޔަ އެޕްރީލް މަހުވެސް ރީޑިންގ ނަގާފައި ވާނީ މީޓަރުގެ ފޮޓޯ ފޮނުވައިގެން ކަމުގައި ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ވަނީ ކޮވިޑް އާއި ގުޅިގެން މާލެ ސަރަހައްދުގެ ހާލަތު މިވަގުތު އިތުރަށް ގޯސްވެފައިވާތީ، މި ހިނގާ މެއި މަހުވެސް ބިލް ތައްޔާރު ކުރުމަށްޓަކައި، މީޓަރުގެ ފޮޓޯ މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ފޮނުވައި ދިނުމަށް އެދިފައެވެ. އެގޮތުން ފޮޓޯ ފޮނުވުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ފޮޓޯ ފޮނުވުމުގެ ބަދަލުގައި ވެބް ޕޯޓަލް ބޭނުން ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެކުންފުނިން ވަނީ މި ޚާއްސަ ހާލަތުގައި ބިލަށް ފައިސާ ދެއްކުމަށް އެކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށް ވެސް އެދިފައެވެ.

https://twitter.com/STELCOMALDIVES/status/1261727725339004931?s=20


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން