އާދަމް ޝަރީފް ޢުމަރު
އާދަމް ޝަރީފް ޢުމަރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލީ އެމަނިކުފާނު މިނިވަންކަމާއެކު ހުންނަވައިފިނަމަ ސަރުކާރަށް ޕްރެޝަރ ބޮޑުވެދާނެތީ ބިރުން ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެއްވެސް ހިޔާނާތެއް ސާބިތު ނުވީމާ ޖަލަށް ލީ ނުފޫޒު ފޯރުވައިގެން ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް، ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމުގެ "އަޑީގައި ތިބީ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން،" ކަމަށެވެ.



ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަވަން ވަނީ އަންގާފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


20

ގާރީ

18-May-2020

ޔާމިން ޖަލަށް ލީ ހަލާލުނޫން ފައިސާ ގެއަށް ވައްދައިގެން އޭގެ ބޭނުން ކޮށްފައިވާކަންސާބިތުވެގެން ކޮން މުންޖެކޭތިކިޔަނީ



ޓްރެންޑިން