23 ފުލުހަކު ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރައްވައިފިއެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްސިވި 23 އޮފިސަރުންނާއި މިއަދު ވާހަކަދައްކާފައިވާ ކަމަށާއި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ފައްސިވި މީހުންނާ ގުޅިގެން ފުލުހުންގެ 239 އޮފިސަރަކާ އަދި މުވައްޒަފުން އައިސޮލޭޓްކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ތެރެއިން ބަޔަކު ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން، ފުލުހުންގެ ތެރޭގައި އިތުރަށް މި ބަލި ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ޙަމީދު ވިދާޅުވިއެވެ.
23 ފުލުހަކަށް ކޮވިޑް ޖެހިފައިވާއިރު، ސިފައިންގެ ތެރެއިން ވެސް 40 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ.
ރާއްޖެއިން މިހާތަނަށް 1078 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 59 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Spoke to all 23 of our officers & staff who are #COVID19 positive and put under isolation. It was fulfilling to know they all are doing well. Additionally we have about 293 officers & staff under managed isolation to mitigate spread from potential exposure to the positive cases.
— Mohamed Hameed (@M_Hameedh) May 17, 2020
23 ފުލުހަކަށް ކޮވިޑް ޖެހިފައިވާއިރު، ސިފައިންގެ ތެރެއިން ވެސް 40 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ.
ރާއްޖެއިން މިހާތަނަށް 1078 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 59 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު