ރައީސުލްްޖުމްހޫރިއްޔާގެ އޮފީސް- ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ގާނޫނުން ކަނޑައަޅާފައިވާ އިނާޔަތް އަލުން މުރާޖަޢާ ކުރަން ވަނީ ހުށައަޅާފައި (ރަސް ފޮޓޯ-ޝާން)
ރައީސުލްްޖުމްހޫރިއްޔާގެ އޮފީސް- ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ގާނޫނުން ކަނޑައަޅާފައިވާ އިނާޔަތް އަލުން މުރާޖަޢާ ކުރަން ވަނީ ހުށައަޅާފައި (ރަސް ފޮޓޯ-ޝާން)
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް މިހާރު މަހެއްގެ މައްޗަށް ޚަރަދު ކުރާ 1.1 މިލިއަން ރުފިޔާ އިނާޔަތުގެ ފައިސާ އަލުން މުރާޖަޢާ ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ާފިނޭންސް މިނިސްޓަރ މިއަދު ވަނީ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައަޅުއްވައި، ރައްޔިތުންގެ މަޖިލީހުން އެކަމާމެދު ދެކޭގޮތް ކަނޑައަޅައި ދިނުމަށް އެދި ހުށައަަޅުއްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން، މިދަނޑިވަޅުގައި އެފަރާތްތަކަށް ދޭ އިނާޔަތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުން މުރާޖަޢާ ކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

ފިނޭސްމިނިސްޓަރ މަޖިލީހަށް ހުށައެޅުއްވި ކަންތައްތަކުގެ ތެރޭގައި ދައުލަތުން ޚަރަދު ކުރާ ގޮތަށް އެއް އިދާރާއަށްވުރެ ގިނަ އިދާރާއިން ޕެންޝަން ނުވަތަ ރިޓަޔަރމަންޓް އިނާޔަތް ލިބޭ ފަރާތްތަކަށް މިހާރު ލިބެމުންދާ އިނާޔަތްތަކުގެ ތެރެއިން އެއް ސްކީމް އިޚުތިޔާރު ކުރުމަށް ކަނޑައެޅުން ވެސް ހިމެނެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވަނީ ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި މިކަންކަމަށް ރިއާޔަތް ކުރައްވައި، މަޖިލީހުން އެ ފިޔަވަޅުތައް އެޅޭނެ މަގު ފަހިކޮށްދެއްވުން އެދިވަޑައިގެންފައެވެ. އެގޮތުން އެފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެނެސް ދެއްވުމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގަންނަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައި މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ، އަދި އެއް ދައުރަށްވުރެ ގިނަ ދައުރު ވެރިކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75،000ރ ދައުލަތުން ދޭން ޖެހެއެވެ. އަދި ދިރިއުޅޭނެ ތަނުގެ ޚަރަދުގެ ގޮތުގައި، ކޮންމެ މަހަކު 50،000ރ ދޭން ޖެހެއެވެ. މީގެއިތުރުން އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކޮންމެ މަހަކު 175،000ރ ވެސް ދައުލަތުން ހަމަޖައްސައި ދޭން ޖެހެއެވެ.

ރާއްޖޭގެ ރައީސް ކަން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިއްބެވީ 4 ބޭފުޅުންނެވެ. ޢެއީ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމާއި، ރައީސް މުހަންމަދު ނަޝީދާއި، ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބުދުﷲ ޔާމިން އަބުދުލްގައްޔޫމެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައެވެ. ރައީސް އަބުދުﷲ ޔާމިންގެ މައްޗަށް މަނީ ލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ 5 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކުރީގެ ރައީސް މައުމޫން ފިޔަވާ ދެން ތިއްބެވި ތިން ރައީސުންނަށް ކޮންމެ ރައީސަކަށް ކޮންމެ މަހަކު 275،000ރ ހަމައެކަނި މާލީ އިނާޔަތުގެ ގޮތުގައި ދައުލަތުން ޚަރަދު ކުރެއެވެ.

ކުރީގެ ރައީސް މައުމޫނަށް ކޮންމެ މަހަކު 300،000 ރުފިޔާ މާލީ އިނާޔަތުގެ ގޮތުގައި ދައުލަތުން ޚަރަދު ކުރާ ކަން ފާހަގަކުރެވެއެވެ. މި ހަތަރު ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު 1،125،000ރުފިޔާ (އެއް މިލިއަން އެއްލައްކަ ފަންސަވިސްހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުން ޚަރަދުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ނިރު

18-May-2020

ކޮންމެ މީހަކު ވެރިކަމަށް އަރާފަ ދައުލަތް ދަވާލައިގެން ދިޔާމަ ވެސް އިނާޔަތަށް މިލިޔަނުން މުސީބާތެއްނުން އެކައްޗެއް ވެސް ދޭނެކަމެއްނެތް


-3

ސަމީރު

18-May-2020

ރައީސްކަން ކުރީ ހިލޭ ސާބަހަށްތަ?ކޮން އޮފީހެއް ހިންގާކަށް ނުޖެހޭނެ.



ޓްރެންޑިން