ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކޯވިޑް-19 ގެ ނުރައްކާ ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

ޢުމަރު ޓްވީޓާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން، ރާއްޖެ ފުރަބަންދުކޮށް، މިސްކިތްތައް ބަންދުކުރީ އޯވަރ ރިއެކްޓް ކޮށްގެންކަމަށެވެ. ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ސަރުކާރުން ބަންދުކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް އުމަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ބަލި ނެތް އެތަށް ރަށެއް އެބައޮތް، އެރަށްރަށުގެ މިސްކިތްތަކުގައި އެކަކު އަނެކަކާއި މެދު ދުރުމިނެއް ބަހައްޓައިގެން އެރަށްރަށުގެ މީހުންނަށް ނަމާދު ކުރުމުގެ ފުރުސަތު ލިބެންވާނެ. އަޅުގަނޑު ސަރުކާރަށް މި ގޮވާލަނީ ކޮރޯނާ ވައިރަސް ނެތް ރަށްރަށުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ދެއްވުމަށް." އުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މި ވަގުތު ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރަށް އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. މިހާރު ކުރަމުންދާ ގިނަ ކަންކަމުން ސަރުކާރުގެ ފައިސާ ބޭކާރުވުން ނޫންކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވާގޮތަށް ނިންމީ މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމުންނެވެ. އޭގެ ފަހުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ބަލި ޖެހިފައިވާ މީހުން ފެންނަން ފެށުމުން އަތޮޅު ތަކުގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައިވެސް ވަނީ ޖަމާއަތް ހެދުން މަނާކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިގޮތަށް މިކަން ނިންމަނީ ސިއްހީ މާހިރުންނާއި ފަތުވާ މަޖިލީހުގެ ލަފަޔާއެކުގައި ކަމަށެވެ.

ނަމަވެސް ބަލީގެ އެއްވެސް ނިޝާނެއް ނެތް އަރާފޭބުންވެސް މަނާކޮށްފައިވާތާ ސާދަ ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ރަށްރަށުގައި ގައިދުރުކޮށްގެން ވިޔަސް މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް ހުއްދަ ދިނުމަށް ބައެއް މީހުން އެދެމުންދާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޖައްލޭ

18-May-2020

ބޯގަޅި ވާހަކަ ނުދައްކާ ބަލިތައް ފެތުރުން ހުއްޓުވަން ރަނގަޅު ފިޔަވަޅުތަކެއް ސަރުކާރުން އަަޅުއްވާފައި އެވަނީ އިސްލާމް ދީން ޖާގަ ދޭ ފިޔަވަޅު ތަކެއް އެއީ


35

އަޝްފާގް

18-May-2020

މާލޭގަވެސް ގައިދުރުކޮށް ސަފުތައް ހަދައިގެން ޖަމާއަތުގަ ނަމާދުކުރެވޭނެ ގޮތް ވާން އެބަޖެހޭ ﷲ ސުބުހާނަހު ވަތައާލާ މުސްލިމް އުއްމަތަށް ހިމާޔަށް ދެއްވާނެ


7

ހަސީން

18-May-2020

މިވެރިން ނުހުޅުވާނެ ލާދީނީ ކަން އިންތިހާ އަށް އަށަގެންފައިވާ ބަޔަކު މިސަރުކާރުގަ ވަކިިހިއްޕާލާފައިވޭ އެމީހުންގެ ގެ ކިބައިން ސަރުކާރު މިނިވަން ވެގެން މެނުވީ ދެން މިތަން ރަނގަޅެއް ނުވާނެ


3

ޢަޑޫ މީހާ

18-May-2020

މަހުވައި އަންނި ގެ ބަހަށް މި ވެރިން މިސްކިތް ތައް ބަންދުކޮށްގެން އެއުޅެނީ


15

ފަތުހީ ދެކުނު

18-May-2020

އުމަރަކީ އެއްވެސް ވަރަކަށް އަހަރެން ތާއިދުކުރާމީހެއް ނޫން އެކަމަކު އުމަރުގެ މިވާހަކަ އަށް ވަރަށް ބޮޑަށް ތާއިދު މިހާރުން މިހާރަށް ކޮވިޑު ނެތް ރަށް ރަށުގެ މިސްކިތްތަކާއި މަދުރަސާ ތައް ހުޅުވާލަންޖެހޭ


11

ރަށު ސޮރު

18-May-2020

މިނިސްޓަރ މި ރޯދަމަހު މިސްކިތައް އަރުވާން ބޭނުންވާ މީހުން އެބަތިއްބޭ އިސްލާމިކް މަރުކަޒަށް އަރުވާފަ. އަޅެފަހެ ރަށުބަންދުގައި ތިބޭތާ މަހެއް ވަނީ.. މިރޯގާގެ އަލާމާތެއް ހުރިއްޔާ ވެސް ޖެހުނަސް 14 15 ދުވަހުން ފިލައިގެން ދޭ.. މިގައުމުގައި މިބަލި ޖެހުނީމާ ފިލަނީވެސް މަސް ދުވަހުން.. ރަށް އޮތި ފުރަބަންދުގަ.. މަހަށްދެވޭ. ދަނޑަށް ދެވޭ. ފަރަށް އެރެޭ.. އެބުނާ ޓާސްކޯހަކުން ޖަލްސާ ބޭއްވޭ.. ފިހާރަ ހުޅުވޭ.. ދެން މިސްކިތް އެކަނި ތަޅުލާފަ.. މިއީ މިސްކިތްތަކަށް އަރާ މީހުންނަށް ޖެހޭ ބައްޔެއްތަ.. އަޅެ އެމަޖިލީހުގެ މެންބަރަކުވެސް މިސްކިތް ނުހުޅުވައިގެން ކަންބޮޑެއް ނުވޭ.. އަބަދުވެސް ލާރި ލާރި.. ކައުންސިލް ކައުންސިލް.. މި މީހުން މީ މިސްކިތް ދެކެ ނިކަން ބިރުގަންނަ ބައެއް.. އުމަރާ ނުހުޅުވާނެ.. ރިސޯޓްތައް ހުޅުވިޔަސް މިސް ކިތެއް ނުހުޅުވާނެ.. އިބުރާހީމް އެއީ ކަންދައްކަން އެތަނަށް އަރާ މީހެއްކަން މިހާރު މިއިނގެނީ..


19

މެޑާމް

18-May-2020

އުމަރާ މިވެރިން ނުކުރާނެ ތިޔަކަހަލަ ކަމެއް.. ފައްޅި ނަމަ ހުޅުވައިފީސް..



ޓްރެންޑިން